logo

ޕެޓިޝަން ގަވާއިދު ބަދަލުކުރީ ރައްޔިތުންނަށް ދޭ ފުރުސަތު އިރުކުރަން: އަބްދުއްރަހީމް

އައިޝަތު ހިދާޔާ

23 އޯގަސްޓު 2026 - 07:27
ޕެޓިޝަން ގަވާއިދު ބަދަލުކުރީ ރައްޔިތުންނަށް ދޭ ފުރުސަތު އިރުކުރަން: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ރިޔާސަތުގައި / ފޮޓޯ: މަޖިލީހުގެ އިދާރާ

SHARE

ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ގަވާއިދު ބަދަލުކުރީ ކަންކަމުގައި ވީހާވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަކާ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ, ކައުންސިލްގެ އިހުތިސާސުގައި ހުންނަ ބިންތައް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބެލުމުގެ ދަށަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލު އަނބުރައި ގެންދިއުމަށް ހުށަހަޅާފައިވާ ޕެޓިޝަނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ބަހުސްކުރައްވައި ނިމުމުންނެވެ. މީކާއީލް ވިދާޅުވީ, ކޮންމެ ދުވަހަކު މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ވެއްޖެނަމަ, އެ ގަވާއިދުގައި އަގެއް ނުހުންނާނެ ކަމަށެވެ.

މީކާއީލްއަށް ރައްދުދެއްވައި އަބްދުއްރަހީމް ވިދާޅުވީ, ޕެޓިޝަން ގަވާއިދު ބަދަލުކުރުމުން އިތުރު ފުރުސަތުތައް ރައްޔިތުންނަށް ފަހިވާކަމަށެވެ. މިކަމުގެ ފައިދާ ކުރާނީ ހަމައެކަނި ޕީއެންސީއަށް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަމަ ހުރިހާ ފަރާތްތަކަށް އިތުރު ފުރުސަތު ފަހިވެގެން ދަނީ. ކުރީގައި އޮތްގޮތުން އެއް ކަމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ޕެޓިޝަން ހުށަނޭޅޭގޮތަށް އޮތް އޮތުން ބަދަލުކުރީމައި ހައްތަހާ ވެސް އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ދެވޭ ފުރުސަތު އިތުރު ކުރެވޭތޯ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އެކަންކަން ރައްޔިތުންނަށް އޮޅޜގޮތަށް ވާހަކަ ނުދެއްްކެވުމަށް އަބްދުއްރަހީމް ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހަށް ހުސަހަޅާ ޕެޓިޝަނަކަ ދެކޮޅު ޕެޓިޝަނެއް ހުށަހެޅޭގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރީ ކައުންސިލްގެ އިހުތިސާސުގައި ހުންނަ ބިންތައް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ބެލުމުގެ ދަށަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލު އަނބުރައި ގެންދިއުމަށް ގޮވައިލައި މަޖިލީހަށް ޕެޓިޝަނެއް ހުސަހަޅައިފައި ވަނިކޮށެވެ.

މި ގަވާއިދު ބަދަލުކުރަން ހުށަހެޅުއްވީ ފުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހް ޔޫނުސްއެވެ. މި ހުށަހެޅުއްވުން ފާސްވީ 56 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d