logo

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެންމެ ފުރަތަމަ އެ މަގާމު ފުރުއްވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

މިންހާ އަބްދުالله

26 އޯގަސްޓު 2026 - 09:47
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެންމެ ފުރަތަމަ އެ މަގާމު ފުރުއްވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާއަށް ހާޒިރުކޮށްފައި / ފޮޓޯ: މަޖިލިސް އިދާރާ

SHARE

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ ރާއްޖޭގައި އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި ބޭފުޅާ އެވެ. އެ މަގާމަށް އަބްދުލްއަޒީޒް ޖަމާޅް އަބޫބަކުރު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ހުށަހެޅުއްވީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމިޓީ މަރުހަލާގައި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކުސް ލިބިވަޑައިގެންފަ އެވެ.

މަޖިލީޙުގެ ތަޅުމުގައި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ރުހުން ދިނުމަށް ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިވަގުތު ހުންނެވީ އާހިދު ރަޝީދުއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރަނީ އޭނާގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަވަނަ ދުވަހު ހަމަވާތީއެވެ.

އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރަކީ މިވަގުތު ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އޭނާ ވަނީ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައެވެ. އަދި މީގެކުރިން އިން 2014ވަނަ އަހަރުގައި އޭނާ ވަނީ އިންފޮމޭޝަން ކޮމިބަނަރުކަން ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d