logo

ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު, އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އަނެއްކާވެސް އެ މަގާމަށް އައްޔަންކޮށްފި

އައިޝަތު ހިދާޔާ

6 ސެޕްޓެމްބަރު 2026 - 12:07
ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު, އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު އަނެއްކާވެސް އެ މަގާމަށް އައްޔަންކޮށްފި

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާއަށް ހާޒިރުކޮށްފައި / ފޮޓޯ: މަޖިލިސް އިދާރާ

SHARE

ރާއްޖޭގައި އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އަނެއްކާ ވެސް އެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދުއެވެ.އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ.

އެ މަގާމަށް އަބްދުލްއަޒީޒް ޖަމާޅް އަބޫބަކުރު އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ނަން ހުށަހެޅުއްވީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. ކޮމިޓީ މަރުހަލާގައި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކުސް ލިބިވަޑައިގެންފަ އެވެ.

މަޖިލީޙުގެ ތަޅުމުގައި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ރުހުން ދިނުމަށް ފެންނަ ކަމަށް 47 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވި އެވެ.

އޭނާ ވަނީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ. އެގޮތުން 2014 އިން 2019 އަށް، އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން މިނިސްޓާ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާސް ފަދަ ސަރުކާރުގެ އިސް މަގާމުތަކެއް އޭނާ ވަނީ އަދާކުރައްވާފައެވެ.

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެންމެ ފަހުން ހުންނެވީ މިނިސްޓާ އޮޕް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމުގައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d