logo

ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

އައިޝަތު ހިދާޔާ

29 ސެޕްޓެމްބަރު 2026 - 07:07
ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

SHARE

ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު އަށް މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމުން އަތުލައިގެންފިއެޗެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ކަސްޓަމުން ބުނީ, މިތަކެތި އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މި ތަކެއްޗަކީ “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއް ކަމަށާއި މި ޝިޕްމަންޓު ބަލާފާސްކުރިއިރު، އޭގެތެރެއިން ގިނަ އަދަދެއްގެ ސިނގިރޭޓް ފޮރުވާފައި ހުއްޓާ ފެނިފައި ވާކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ މި ޝިޕްމަންޓުގައި ގެނައި ސިނގިރޭޓުގެ ޖުމްލަ އަދަދަކީ 8,527,480 ކަމަށެވެ.

View post on Twitter

މީގެއިތުރުން މި އޮޕަރޭޝަން ހިންގާފައި ވަނީ, މި ޝިޕްމަންޓުގައި ގާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވުމުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މި ސަރުކާރުން ވަނީ ދުންފަތާ ދެކޮޅަށް ގިނަ ފޔަވަޅުތަކެއް ވެސް އަޅާފައެވެ. އޭގެތެރޭގައި, ރާއްޖޭގައި ވޭޕް ގެންގުޅުމާއި ބޭނުންކުރުން މަނާކުރުމާއި ޖެނެރޭޝަނަލް ބޭންއެއް ތައާރަފުކުރުން ހިމެނެވެ.

އަދި ސިނގިރޭޓޫން ނަގާ ޑިއުޓީ ވެސް މި ސަރުކާރުން ބޮޑުކުރި ނަމަވެސް, މިދިޔަ ޖުލައި މަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d