ކަސްޓަމްސްއިން 26 އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީން ހޯދަނީ
އައިޝަތު ހިދާޔާ

ކަސްޓަމްސް
SHARE
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 26 އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީން ހޯދަން އިއުލާނުކޮށްފިއެވެ.

އެ އިދާރާއިން ބުނީ, ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ އެފަދަ ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް މި ވަޒީފާއަށް ކުރިމަތި ލެވޭނެ ކަމަށެވެ. މަގާމަށް ކުރިމަތި ލެވޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. ވަޒީފާއަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު 14:00އެވެ.
އިތުރު ޝަރުތުތައް:
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން؛
- ކަސްޓަމްސްގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
ކަސްޓަމްސްގެ އެސިސްޓެންޓް ކަސްޓަމްސް އޮފިސާ ޓްރޭނީންނަށް މުސާރައިގެ ގޮތުގައި 5000 ރުފިޔާ ލިބޭނެއެވެ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި 4,660 ރުފިޔާ ލިބޭއިރު ހާޒިރީ އިނާޔަތުގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ ލިބޭނެއެވެ.
މީގެއިތުރުން, ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާ އެއްގޮތަށް، ކޮއްތުފައިސާއާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ފައިސާއާއި، އެހެނިހެން އިނާޔަތްތައް ވެސް ލިބޭނެކަން އެ އިދާރާއިން ފާހަގަކޮށްފައި ވެއެވެ.
މި މަގާމަށް ކުރިމަތި ލެވޭނީ ކަސްޓަމްސްގެ ސާވިސްގެ ވެބްސައިޓްގައިވާ "ރެކްރޫޓްމެންޓް ޕޯޓަލް" މެދުވެރި ކޮށެވެ.
ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި:
- ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސްކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
- ދައުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތްކުރަންޖެހިފައިވާނަމަ، އެ އިދާރާއަކުން ކަސްޓަމްސްގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ރަސްމީ ލިޔުމެއް.
- ވަޒީފާ އަދާ ކުރަމުންދާ ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
- މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވޯކްޝޮޕް، ސެމިނާފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ވަޒީފާއާ ގުޅޭ އެހެނިހެން ލިޔުންތައް
.jpeg&w=3840&q=75)

