logo

ހުޅުމާލެއިން ހިލޭ ގޯތި ދޫކޮށްގެން ލިބުނު ގެއްލުން ހޯދަން އޮޑިޓު ކުރަނީ

ސައިފުﷲ އަލީ

23 ޖުލައި 2024 - 10:02
ހުޅުމާލެއިން ހިލޭ ގޯތި ދޫކޮށްގެން ލިބުނު ގެއްލުން ހޯދަން އޮޑިޓު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---

SHARE

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ހިލޭ ދޫކުރި ގޯތިތަކުގެ ސަބަބުން އެޗްޑީސީއަށް ލިބުނު ގެއްލުން ހޯދުމަށް ޚާއްސަ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި އޮޑިޓް ހެދުމަށް ހުށަހެޅީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ.

އެކަން ހުށަހަޅުއްވަމުން ހަމަދު ވިދާޅުވި ގޮތުގައި މި އޮޑިޓްގެ މަޤްޞަދަކީ ގޯތިތައް އަނބުރާ ނެގުމެއް ނޫނެވެ.

"ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މި ފަދަ ކަންކަން ކުރާ އިރު ކުންފުނިތަކަށް މާލީ ގެއްލުމާ އެއްޗެހި ލިބިފައިވަނީ ކިހާވަރަކަށް ކަން ބަލަން ޖެހޭ," ހަމަދު ވިދާޅުވިއެވެ.

އެއާއެކު، އެސްޑީއެފްސީ އުފެދުނީއްސުރެ، ސަރުކާރު ބަދަލުވަންދެން އެ ކުންފުނިން ލޯނު ދޫކޮށްފައި ހުރި ގޮތް ބެލުމަށް އޮޑިޓެއް ކުރުމަށް ވެސް ވަނީ އޭނާ ހުށަހަޅުުއްވާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ދެ ހުށަހެޅުން ވެސް ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ. އަދި، ދެ މަސް ދުވަހުގެ ތެރޭގައި އެ އޮޑިޓްތައް ނިންމުމަށް އޮޑިޓް އޮފީހަށް އެންގުމަށް ވެސް ނިންމާފައިވެއެވެ.

އޮޑިޓް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެއިން ހިލޭ ދޫކުރި 1،380 ގޯތީގެ ސަބަބުން އެޗްޑީސީއަށް 10.5 ބިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/