logo

މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި

މިރާޝް މޫސާ

29 އޭޕްރީލު 2025 - 14:35
މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން --- ފޮޓޯ: ޕީއެސްއެމް

SHARE

މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައި އިދިކޮޅު އެމްޑީޕީން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މަޖިލިސް މެންބަރުންގެ ސޮޔާއެކުއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ އެ މައްސަލަ ހުށަހެޅި ސަބަބުތައް ކިޔައިދެއްވާފައެވެ.

އޭގެތެރެއިން އެއް ސަބަބަކީ ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުމެވެ. އެއީ ތަހުގީގަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ނަމަވެސް އަމީން މީގެކުރިން ވިދާޅުވެފައި ވަނީ އެވަގުތު ޝުޖާއުއަށް ގުޅުއްވީ ކޯޓް އަމުރެއް ނެތި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަމީންގެ ގޭގެ ސީސީޓީވީ ކެމެރާތަކުގެ ފްޓޭޖް ހޯދަން ދިޔުމުން ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ، އެކަމަށް ފުރުސަތު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޔުމްނު ވެއްޓުނު ރޭ، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މިނިސްޓަރު އަމީން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. މިކަމުގައި މިނިސްޓަރު އަމީނަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކަން ވަނީ ހާމަވެފައެވެ.

މިނިސްޓަރު އަމީންގެ އާއިލީގެ ކަމަށްވާ މ. މާންދޫގެދެކުނުގޭގައި ބޭއްވި ޕާޓީގައި ޔުމްނުގެ އިތުރުން އޭނައާއެކު ފެންޓެނޯއީގޭގެ ތެރޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ވެސް ބައިވެރިވެފައިވެއެވެ. އޭގެއިތުރުން އަމީނަށް ބޮޑުބޭބެ ކިޔާ އިޒުދިޔާން މުހައްމަދު މައުމޫނާއި ޔޫސުފް އަހުމަދު އަކްރަމް ވެސް އެ ޕާޓީގައި ބައިވެރިވެފައިވެއެވެ. އަމީނާ ގުޅުވައި ތަފާތު ވާހަކަތައް ދައްކަނީ އެހެންވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމީންގެ ގޭގެ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާކަން ފުލުހުން އެގެއަށްގޮސް ބެލިބެލުމުން ކަށަވަރުވެފައިވާ ކަމަށެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެގެ ވެސް ބަލައިފާސްކޮށްފައެވެ.

އަމީންގެ ގެއިން ނުކުމެގެން ދެން އެ މީހުން ދިޔައީ ހ. ކަށިވެލިގެއަށެވެ. ފެންޓެނޯއީގޭގެއަށް ދިޔައީ އޭގެފަހުންނެވެ.

/

އެ ރޭ ބޭއްވި ޕާޓީގައި އެ މީހުންނާއެކު އުޅުނު މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މީހުންނަކީ ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރާއި ހ. ތިލަފަޅު، އާމިނަތު ޖުނައިނާ ޖަމްޝީދު އާއި ނ. ވެލިދޫ، އަލި، ހުސައިން ހަމީސް އަލީ ގެ އިތުރުން ގދ. ފަރެސްމާތޮޑާ،މާތޮޑްއަވަށް، އޭޕްރީލްގޭ އިޖާޒް ޖާއިޒެވެ.

އެހެން މީހަކު ޔުމްނު ކޮއްޕައި ވައްޓާލީ ކަމަށް ކުރެވޭ ތުހުމަތުތަކަކީ ދޮގެއްކަން ފުލުހުން ވަނީ ނިވްކޮންފަރެސްގައި ބުނެފައެވެ. އަދި އެއީ ތެދެއްކަން ސީސީޓީވީ ފްޓޭޖުން ވެސް ހާމަވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/