ގާނޫނު އިސްލާހުކުރަނީ މަޖިލީހުގެ މެންބަރުންގެ އަދަދު 93ގައި ހިފަހައްޓަން

މަރްޔަމް މާޙީ
3 މޭ 2025 - 07:47
.jpg&w=3840&q=75)
ރައީސް ޑރ. މުހައްމަދު މުއިއްޒު ---
SHARE
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތަށް, މިހާރު މެންބަރުންގެ އަދަދު ހުރި ވަރުގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށައަޅަން ނިންމައިފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީއަށް ވެސް ގިނަ އިސްލާހުތަކެއް ހުށައަޅަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން ހުށައަޅަން ނިންމައިފައިވާ އިސްލާހުތަކަކީ:
- މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތަށް ހިފެހެއްޓުން: ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ ޖުމުލަ 93 މެންބަރުންނެވެ.
- ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބޭއްވުން: އަންނަ ރިޔާސީ އިންތިޚާބާ އެއްކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ގާނޫނު އިސްލާހުކުރަން ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި އިރު، ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމުނު އިރު 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވެއެވެ.
- ރިޔާސީ އިންތިހާބު 'ޕްރިފަރެންޝަލް ވޯޓިން' ނިޒާމަށް ބަދަލުކޮށް, އިންތިހާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖެއްސުން: ރައީސްގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގައި މީގެ ކުރިން ލިޔުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވަކާލާތު ކުރައްވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްކަން ވަނީ ހާމަކުރައްވާފައެވެ. އަދި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ވެސް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.
- ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރު ކަމުގައި ކަނޑައެޅުން: 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުގެ ސަބަބުން، އާ ރައީސަކު އެ އަހަރުގެ ނޮވެމްބަރު 11 އަށް އިންތިޚާބު ނުކުރެވެއެވެ. އެކަމުގެ ސަބަބުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވާކުރެއްވީ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު އެވެ. އެއަށްފަހު ވެރިކަމުގެ ދައުރު ހަމަވާ ދުވަހުގެ ގޮތުގައި ނޮވެމްބަރު 17 ހަމަޖެހިގެންދިޔައެވެ.
.png&w=3840&q=75)
- އަތޮޅު ކައުންސިލްތައް އުވާލުން: ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަ އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލައި, ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެންނަން ނިންމައިފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ގޮތަކީ 500 އަށްވުރެ ދަށުގެ އާބާދީ އޮންނަ ރަށްތަކަށް ތިން ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް ހަމަޖެއްސުމަށެވެ. އަދި 500 އަށްވުރެ ބޮޑު އާބާދީ އޮންނަ ރަށްތަކަށް ފަސް ކައުންސިލަރުން އިންތިޚާބުކުރާ ގޮތަށް ހަމަޖައްސަން އިސްލާހު ހުށަހަޅަން ނިންމެވިކަން ރައީސް މެންބަރުންނާ ވަނީ ހިއްސާކުރައްވާފައެވެ.
- 'ރިކޯލް ވޯޓް' އެއް ނަގައި ފާސް ވެއްޖެނަމަ, އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފްކުރުން