ޑްރަގު ކުށްތަކަށް ދޭ އުމުރު ދުވަހުގެ އަދަބު މަރުވުމާ ހަމައަށް ބަދަލުކޮށްފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ޕެކެޓް ތަކެއް ހުފަހައްޓާފައި--
SHARE
މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނެސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ލިބޭ އަދަބުކަމަށްވާ, 25 އަހަރުގެ އުމުރު ދުވުހަގެ ޖަލު ހުކުމް ބަދަލުކޮށް، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެހެންނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ތަކުގައި މަރުގެ އަދަބު ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވެ، އެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިއްތިފާގުވާނަމަ ކަމަށް މި ގާނޫނަށް ގެނައި ބަދަލުގައި ވެއެވެ. އެހެންކަމުން ފަނޑިޔާރުން އިއްތިފާގު ނުވާނަމަ އިއްވަން ޖެހޭނީ 25 އަހަރަށް އުމުރަށް ޖަލަށް ލުމުގެ އަދަބު ކަމަށްވެސް މި ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މިއާއެކު، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ޖަލަށް ލެވޭނީ ވެސް އުމުރު ދުވަހުގެ މުއްދަތަށެވެ. ގާނޫނަށް މި ގެނައި އިސްލާހާއެކު އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނީ، ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށެވެ. ކުރިން މި ގާނޫނު އޮންނަ ގޮތުން ނަމަ އުމުރުދުވަހުގެ ޖަލު ހުކުމަކަށް ވަނީ 25 އަހަރަށް ޖަލަށް ލުމެވެ.
މީގެ އިތުރުން މަރުގެ އަދަބު ކަނޑަ އެޅިފައިވާ ކުށްތަކުގައި އަދަބު މާފު ކުރުމެއް ނުވަތަ އަދަބު ލުއި ކޮށްދިނުމެއްވެސް ނުވާނެ ކަމަށް މި ގާނޫނުގައިވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން މި އިސްލާހު ތަސްދީގު ކުރެވުމުން މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއްގައި ލިބޭ އަދަބަށް އެއްވެސް ލުޔެށް ނުލިބޭނެއެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!


.jpg&w=3840&q=75)

