logo

އަންްނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ސައިފުﷲ އަލީ

25 ނޮވެމްބަރު 2025 - 10:21
އަންްނަ އަހަރަށް ލަފާކޮށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ފޮތް ---

SHARE

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ބަޖެޓު ފާސްކުރީ ޖަލްސާގައި ބައިވެރިވި 74 މެންބަރުންގެ ވޯޓާ އެކުގަ އެވެ. ނަމަވެސް، 12 މެންބަރުން ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވިއެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދު 64.2 ބިލިއަން ރުފިޔާގައި ހިފެހެއްޓި ނަމަވެސް، ކޮމިޓީ މަރުހަލާގައި ބައެއް ދާއިރާތަކުގެ ހަރަދުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އަންނަ އަހަރުގެ ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވެއެވެ. ޑެފިސިޓާއި ދަރަންޏަށް ބޭނުންވާ ފައިސާ ހޯދުމަށް ޖުމްލަ 26.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރުގެ އިގްތިސާދު 5.3 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވެސް އަންދާޒާކުރެވިފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އެއް ބައި ކަމަށްވާ ދަރަނި އަދާކުރުމަށް ގާތްގަނޑަކަށް 18 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކާއި، 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑެވެ. މި ދެ ބޮންޑަށްވާ ފައިސާ އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި އެއްފަހަރާ އަނބުރާ ދައްކަން ޖެހޭނެތީ، މިއީ ދައުލަތަށް އޮތް ބޮޑު މާލީ ގޮންޖެހުމެކެވެ.

ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 40.2 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މީގެ ތެރެއިން ޓެކްސްގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ބަޔާންކޮށްފައިވެ އެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓް ހަރަދުތަކަށް 39.9 ބިލިއަން ރުފިޔާ (މުޅި ބަޖެޓުގެ 62 ޕަސެންޓް) ކަނޑައަޅާފައިވެ އެވެ. މިއީ މި އަހަރަށް ވުރެ 3.3 ޕަސެންޓު އިތުރު އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް އެކަނި 17 ބިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، ކެޕިޓަލް ހަރަދަށް 9.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކުގެ ތެރެއިން މަޖިލީހުގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ އަދަދު 229 މިލިއަން ރުފިޔާއަށް ބޮޑުކުރެވުނުކަން ފާހަގަކޮށްލެވެ އެވެ. މަޖިލީހުގެ ބަޖެޓުގެ 50 ޕަސެންޓު ހޭދަކުރާނީ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/