އެއްވެ އުޅެން ހުއްދަ ހޯދަން ޖެހޭ މާއްދާ އުވާލަަން ހުށަހެޅި ބިލު މަޖިލީހުން ބޭރުކޮށްލައިފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް
.jpg&w=3840&q=75)
ރައްޔިތުންގެ މަޖިލީހުގައި މެންބަރު މީކާއީލް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މަޖިލިސް
SHARE
އެއްވެ އުޅެން ހުއްދަ ހޯދަން ޖެހޭ މާއްދާ އުވާލަން ހުށަހެޅި ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ މާއްދާ އުވާލަން ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ. މި ބިލު މަޖިލީހުން ބޭރުކޮށްލީ 48 މެމްބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ހަމައެނި އެމްޑީޕީގެ 11 މެމްބަރުންނެވެ.
މި ބިލު ހުށަހަޅުއްވަމުން މެންބަރު މީކާއީލް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ފުޅާކޮށް ބާއްވަން ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވަނީ ވެރިކަން ގެއްލުމުން ކަމަށާއި, މިފަހަރު އެ ގާނޫނު އުވާލަން ހުށަހެޅުއްވީ ކުރިންވެސް އެކަމަށް ތާއީދުކޮށް، ވޯޓު ދީފައިވާތީ ކަމަށެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އެމްޑީޕީ އަކީ އެއްވެސް އިހްލާސްތެރިކަމެއް ނެތް ޕާޓީ އެއް ކަމަށެވެ.
މެންބަރު ސަލީމް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތް މަޖިލީހުގައި މި މާއްދާ އުވާލުމަށް ހުށައެޅިއިރު އެ ގާނޫނު އިސްލާހު ކޮށްފައިނުވާތީއެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





