ކައުންސިލް އިންތިހާބަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވައިލަނީ
ސައިފުﷲ އަލީ

ޕީއެންސީގެ ބައްދަލުވުމެއްގެ ތެރެއިން --
SHARE
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ކަން އިއުލާނުކުރީ މިއަދު އެ ޕާޓީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވިމެއްގައެވެ.
އެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހު 15 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ޕީއެންސީގެ މެމްބަރުންނަށް އެ ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މި ޕްރައިމަރީ ވާނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި މިހާރު ވެސް ވަރަށް ގިނަ މެންބަރުން ޝައުގުވެރިކަން ފާޅުކުރައްވައިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ
ފަލާހް ވިދާޅުވި ގޮތުގައި، ޕްރައިމަރީގައި ވޯޓުލެވޭނީ އެ މީހެއްގެ ރަޖިސްޓްރީ އޮންނަ ރަށެއްގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ނުބަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ. އިންތިހާބު އޮންނާނީ އަންނަ މަހު 27ގައެވެ.
.png&w=3840&q=75)
މީގެ އިތުރުން, ޕީއެންސީގެ ޓިކެޓް ޕްރައިމަރީގައި ވާދަނުކޮށް އެއްވެސް މީހަކަށް ނުދޭނެކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓުލުން ބާއްވަނީ އަންނަ އަހަރުގެ މާރިޗު 28 ގައެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!

.jpg&w=3840&q=75)


