logo

މަހުލޫފާއި، އެމްޑީޕީގެ ކުރީގެ ބައެއް އެކްޓިވިސްޓުން ޕީއެންސީއަށް

މިރާޝް މޫސާ

15 ނޮވެމްބަރު 2025 - 02:21
މަހުލޫފާއި، އެމްޑީޕީގެ ކުރީގެ ބައެއް އެކްޓިވިސްޓުން ޕީއެންސީއަށް

މަހުލޫފް ޕީއެންސީއާ ގުޅިވަޑައިގަތް ކަމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހަވާލުކުރައްވަނީ

SHARE

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް، ކުރީގެ ޔޫތު މިނިސްޓަރު އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު މަހްލޫފް މިރޭ ގުޅިވަޑައިގެންފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަހުލޫފުގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ބަޔަކު ވެސް ވަނީ މިރޭ ޕީއެންސީއަށް ސޮއިކޮށްފައެވެ. މީގެ އިތުރުން ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފް ވެސް ވަނީ މިރޭ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

މި އެންމެން ޕީއެންސީއާ ގުޅުނުކަމުގެ އިގްރާރު، ޕާޓީން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ވަނީ އަރުވާފަ އެވެ. މިރޭގެ ޖަލްސާގައި މި ދެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، ރައީސް މުއިއްޒު ވަނީ ޕާޓީގެ ހަރަކާތްތަކުގައި އެ ދެ ބޭފުޅުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަހުލޫފް ވަނީ ޕީޕީއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައެވެ. އޭގެ ފަހުން، އެމްޑީޕީ ސަރުކާރުގައި މަހުލޫފު ވަނީ ޔޫތު މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ. މަހްލޫފް އެމްޑީޕީން ވަކިވީ މި އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު ނަމަވެސް، އެ ޕާޓީން ވަކިވުމުގެ ސަބަބެއް އޭނާ އޭރު ހާމަކުރައްވާފައެއް ނުވެ އެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/