logo

ޖަނަވާރުންގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ފަށަނީ

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

4 ޑިސެމްބަރު 2025 - 14:13
ޖަނަވާރުންގެ ޒަރީއާއިން  ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ފަށަނީ

މާލޭގައި އުޅޭ ބުޅަލެއް --

SHARE

ޖަނަވާރުންގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ އަމަލެއް ކޮށްފިނަމަ10,000ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނެއް ގެޒެތްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ގާނޫނުގައިވާ ގޮތުން ޖަނަވާރަކަށް ބައްޔެއް ޖެހިފައިވާކަން އެނގިހުރެ އެއިން ބައެއް ވިއްކައިފިނަމަ 10,000 ރުފިޔާައާއި ދެލައްކަ ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެއެވެ.އަދި ގަވާއިދާ ހިލާފަށް ޖަނަވާރުގެ ބައިތައް ރާއްޖެ އެތެރެކޮށްފިނަމަ ކުޑަ ބޮޑުމިނަށް ބަލާ 5000 ރުފިޔާއާއި 500000 ރުފިޔާއާ ދެމެދު ޖޫރިމަނާކުރެވޭނެއެވެ.

މީގެއިތުރުން, ގަވާއިދާ ހިލާފަށް ޖަނަވާރެއް ވިއްސާ އާލާކޮށްފިނަމަ 10000 ރުފިޔާއާއި 100000 ރުފިޔާއާ ދެެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ. އަދި ރަޖިސްޓްރީނުކޮށް ޖަނަވާރުގެންގުޅެއްޖެ ނަމަ ނުވަތަ ޖަނަވާރު ގެންގުޅުމުގައި ލާޒިމް ވާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ ވެސް ހަމަ މި އަދަދަށް ޖޫރިމަނާ ކުރެވޭނެއެވެ.

ހަމައެހެންމެ, މި ގާނޫނުގައިވާ ގޮތުން ޖަނަވާރާ މެދު ލާއިންސާނީ އަމަލެއް ހިންގައިފިނަމަ 5000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް ވީއްލިގެން އުޅެން ދޫކޮށްލައިފިނަމަ 5000 އާއި 10,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

މި ގާނޫނުގެ ދަށުން މި ގާނޫނުގައި މަނާކޮށްފައިވާ ނަމަވެސް ޖޫރިމަނާއެއް ކަނޑައަޅާފައިނުވާ ކަމެއް ކޮށްފިނަމަ އެ ކަމުގެ ކުޑަބޮޑުމިނަށް ބަލާ 5000 އާއި 10000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާނެއެވެ. އަދި މި ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު ލިބިފައިވާ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަންވާނެކަމަށް ވެސް ބުނެފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

/

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/