ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފި
ސައިފުﷲ އަލީ

SHARE
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހުގައި ވަނީ، މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފިނަމަ، އެ މެންބަރުގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
މި އިސްލާހުގައި އިތުރަށް ބަޔާން ކޮށްފައިވަނީ، އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
މިއަދުގެ ވޯޓުގައި 78 މެންބަރުން އިސްލާހަށް ތާއީދު ކޮށްފައިވާއިރު، 13 މެންބަރުން އެއަށް ދެކޮޅު ހަދާފައިވެއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް މިވޯޓުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ނަމަވެސް، އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން މި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެމްޑީޕީ ސަޕޯޓަރުން މަޖިލީހުގެ ދޮރުމަތީގައި ބިލާ ދެކޮޅަށް އިހުތިޖާޖު ކުރި އިރު، ޕީއެންސީ ސަޕޯޓަރުން ވެސް މިއަދު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.
.png&w=3840&q=75)
19 ވަނަ މަޖިލީހުން ކުރީން ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައިވާއިރު، އެ ގާނޫނުގައި ބުނަނީ މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ އަމިއްލައަށް އިސްތިއުފާދޭން ޖެހޭނެ ކަމަށެވެ.
އޭގެ ކުރިން 18 ވަނަ މަޖިލީހުގެ ފަހު ކޮޅުވެސް ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





