ޕީއެންސީގެ އެތެރޭހެ އިންތިޚާބު އޮކްޓޫބަރުގައި، ދެހާހަށް ވުރެ ގިނަ މީހުން ހޮވާނެ
ޢާއިޝަތު ޖަނާ ޝަރީފް

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވާހަކަދައްކަވަނީ ---
SHARE
ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޫބަރު މަހު ބާއްވަން ނިންމައިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް، ހެލްތު މިނިސްޓަރު ޑރ. އަބްދުުﷲ ޚަލީލް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އެ އިންތިޚާބުގައި މުޅި ޖުމުލަ 2095 މީހުން ރާއްޖޭޣެ އެކި ކަންކޮޅުތަކުން ޕާޓީގެ މަޤާމު ތަކަށް އައްޔަނ ކުރާން ކަމަށްވެސް އެ ޕާޓީން ބުނެފަިވެއެވެ.
"މި އިންތިޚާބުގެ ތެރޭގައި ދާއިރާގެ ރައީސުން، ދާއިރާގެ ނައިު ރައީސުން އިންތިޚާބު ކުރެވިގެންދާނެ. ހަމައެއާއި އެއްކޮށް ޒުވާނުންގެ ހަރަކާތުގެ ރައީސުން އިންތިޚާބު ކުރެވިގެން ދާނެ . އަންހެނުންގެ ހަރަކާތުގެ ރައީސުން އިންތިޚާު ކުރެވިގެން ދާނެ. މީގެ އިތުރުން ސްޓީރިން ކޮމިޓީ ތަކުގެ މެންބަރުން އިންތިޚާބު ކުރެވިގެން ދާނެ." އޭނަ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ މިއަދު އިންތިޚާބު ތަކަށް ހުޅުވައިލުމަށްޓަކައި އިއުލާނު ކުރާނެ ކަމަށެވެ.
އިންތިޚާބަށް ކުރިމަތި ލުމުގެ އެންމެ ފަހު ސުން ގަޑިއަކީ މި މަހުގެ 30 ވަނަ ދުވަގެ ހަވީރު 06:00 އެވެ. ޚަލީލް ވިދާޅުވީ 30 ސެޕްޓެމްބަރުގެ ނިޔަލަށް ޕާޓީގެ މެންބަރަކަށްވާ ކޮންމެ މެންބަރަކަށް ވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށެވެ. އަދި ހަމަ އެ މުއްދަތުގައި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަ ކޮންމެ މީހަކަށް ވެސް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
.png&w=3840&q=75)
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިތުރަށް އޭނާ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާއިރު ޕާޓީގެ ދަފްތަރުގައި މިހާރު ނެތް އާ ފޯމު ތަކެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"އިންތިޚާބަށް ކުރިމަތި ލައްވާ ބޭފުޅުން އިންތިޚާބަށް ކުރިމަތިލައްވާ އިރުގަ، ޚާއްސަކޮށް ދާއިރާގެ ރައީސުން. ދާއިރާގެ ނައިބު ރައީސުން ކުރިމަތި ލައްވާ އިރުގަ ، ޕާޓީގެ މިހާރު އަޅުގަނޑުމެންގެ އޮތް ދަފްތަރު އާންމު ކުރާ ހިސާބުން ދަފްތަރުގަ ނުހިމެނޭ ، 50 މުޅިން އާ މެންބަރުންގެ ފޯމު ދާއިރާގެ ރައީސުން ހުށަހަޅަން ޖެހި ވަޑައިގަންނަވާނެ. އަދި ދާއިރާގެ ނައިބު ރައީސުންގެ ގޮތުގައި ވާދަކުރައްވާ ބޭފުޅުން 25 ފޯމު ހުށަހޅުއްވަން ޖެހި ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދާއިރާގެ މެންބަރުންގެ ގޮތުގައި އިންތިޚާބު ވާނީ ދާއިރާގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި މިހާރު ތިބި މެންބަރުން ކަމަށެވެ. އަދި މެންބަރުން ނެތް ދާއިރާތަކުންނާއި ނައިބު ރައީސުން އިންތިޚާބުގެ ތެރެއިން އިންތިޚާބުވެގެންދާނެ ކަން އޭނާ ވަނީ ފާހަގ ކުރައްވައިފައެވެ.
އެ ޕާޓީން ބުނީ މި އިންތިޚާބުގެ ވޯޓާސް ލިސްޓު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އާންމު ކުރާނެއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމަށް ފަހު ހަމަ އަންނަ މަހުގެ އަށް ވަނަ ދުވަހު ފައިނަލް ލިސްޓު ނެރޭގޮތަށް ވަނީ ހަމަޖެހިފައެވެ.
