logo

ލާލު ބިބީ ވަރަށް ޗާލު؛ ބިބީ ފިލްމު ބަލާލަން ކެތްމަދުވެއްޖެ!

މިރާޝް މޫސާ

27 ސެޕްޓެމްބަރު 2024 - 11:54
ލާލު ބިބީ ވަރަށް ޗާލު؛ ބިބީ ފިލްމު ބަލާލަން ކެތްމަދުވެއްޖެ!

ބިބީ ގެ ޕްރޮމޯޝަނަލް ލަވަ "ލާލު ބިބީ"

SHARE

އަންނަ މަހުގެ ހަތްވަނަ ދުވަހު އޮލިންޕަހުގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު "ބިބީ"ގެ ޕްރޮމޯޝަނަލް ލަވަ، "ލާލު ބިބީ" ނެރެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޓޯއީ އާއި އަޝްފާ ކިޔާފައިވާ މި ލަވައިގެ ޅެން ވެސް ހެދީ ޓޯއީއެވެ.

ބިބީ ފިލްމުގެ ލީޑުން ފެންނަ މަރްޔަމް މަޖުދާ (މަޖޫ)ގެ އިތުރުން ޝަރަފް އަބްދުުﷲ ލަވައިން ފެންނަ އިރު އެކުގައި މުހިއްމު ސަޕޯޯޓިން ރޯލުތަކުން ފެންނަ ތަރިން ވެސް ފެނެއެވެ.

މި ލަވައިގެ ޑައިރެކްޝަން އަދި ކްރިއޮގްރަފީގެ އިތުރުން މޭކަޕާއި، ކޮސްޓިއުމް އަކީ ފިލްމުގެ މޭކަޕް އާޓިސްޓް ސޭންޑީގެ މަސައްކަތެވެ. ލަވައިގެ މިކްސިން އަދި މާސްޓަރިން ހެދީ ހުސައިން ތައުފީގެވެ. އެޑިޓްކުރީ އަހްމަދު ޒިފާފެވެ.

ފިލްމު 'ބިބީ' އަކީ ހޮރޯ ކޮމެޑީ ފިލްމެކެވެ. ފިލްމުގައި ހިނގާ ބިރުވެރި ހާދިސާތައް ދައްކުވައިދީފައިވަނީ ހެއްވާ މަޖާ ގޮތަކަށެވެ. ފިލްމު ލިޔެ، ޑައިރެކްޓުކުރީ ޝަހުދާ މަހުމޫދެވެ. މިއުޒިކް ޕްރޮޑަކްޝަން 'ޑީމޮން އެންޑް ޕެންޑާ' އިން ކޮށްފައިވާއިރު، ވީއެފްއެސް ހެދީ ވިޝާލް ޒަކީއެވެ. ވީޑިއޯ މާސްޓަރިން ހެދީ އަލީ ޝިފާއުއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ފިލްމަކީ މަޖޫ އާއި ޝަރަފް އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. އެ ދެ ތަރިންގެ އިތުރުން ރާއްޖޭގެ ސިނަމާގައި ނަން މަޝްހޫރު ތަރިން ކަމުގައިވާ ޝީލާ ނަޖީބު، އަހްމަދު ސައީދު، ފުބޫ އަދި އަމަންގެ އިތުރުން ކުރީގެ މަޝްހޫރު ތަރިި، އިސްމާއީލް ވަޖީހުގެ ކެމެއޯއެއް ވެސް މި ފިލްމުގައި ފެންނާނެއެވެ.

ފިލްމުގެ ޓިކެޓް ހޯދުމަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެެރިކޮށް އަށް މެސެޖެއް ކޮށްލާށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/