logo

“އަބަދަށް”ގެ ވަދާއީ ޝޯތައް ފަށަނީ، ނުގޮސްފިއްޔާ އަބަދަށް ހިތާމަކުރާނެ!

މަރްޔަމް މާޙީ

މަރްޔަމް މާޙީ

15 މޭ 2025 - 10:50
“އަބަދަށް”ގެ ވަދާއީ ޝޯތައް ފަށަނީ، ނުގޮސްފިއްޔާ އަބަދަށް ހިތާމަކުރާނެ!

SHARE

މިދިޔަ މަހުގެ 28ގައި އޮލިމްޕަހުގައި ދައްކަންފެށި "އަބަދަށް" ފިލްމުގެ ވަދާއީ ޝޯތަކުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މި އަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ފިލްމު 'އަބަދަށް' އަކީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ޓިކެޓު ދޫކުރަން ފެށުމާއެކު ފުރަތަމަ ހަތަރު ޝޯގެ ޓިކެޓު ވަނީ ވަގުތުން ހުސްވެފައެވެ. ޓިކެޓުގެ ޑިމާންޑަށް ބަދަލެއް ނައިސް މި ފިލްމުގެ ވަދާއީ ޝޯތަކަށް މިހާރު ޓިކެޓު ވިއްކަމުންދާއިރު, މި ފިލްމު ބަލައިގެން ނިކުންނަ ކޮންމެ މީހަކު ވެސް އެދެމުންދަނީ ފިލްމުގެ ދެވަނަ ޕާޓަކަށެވެ.

އެހާވެސް މި ފިލްމު ބެލުންތެރިންނަށް ކަމުދިޔައެވެ. މި ދިވެހި މުޖުތަމައުގައި ހިނގާ އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް ލިޔެފައިވާ މި ފިލްމުގެ ގިނަ ސީންތަކުގައި ތިބެން ޖެހެނީ ނޭވާ ހިފަހައްޓައިލައިގެން ކަމަށް ފިލްމު ބަލައިގެން ނިކުންނަ ކޮންމެ މީހަކު ބުނެއެވެ. އެކްޓަރުން ވެސް ހަމަ އެހާ ކުޅަދާނައީއެވެ.

ތަޖުރިބާކާރު ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ބަތަލާގެ މަގާމުން ފެނިގެންދާނީ މަޝްހޫރު ވާޝިޔާ މުހައްމަދު އެވެ. އަދި އަހުމަދު ޝާރިފް ލީޑް ރޯލު ކުޅެފައިވާއިރު, މި ފިލްމުން ރާއްޖޭގެ އެންމެ މަޝްހޫރު ތަރިންގެ ތެރެއިން ޖާގަހޯދާ ޔޫސުފް ޝަފީއު އާއި ކޮޕީ އިސްމާއިލް ރަޝީދުގެ ވެސް ފެނިގެންދާނެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ފިލްމުގެ ވަދާއީ ޝޯތައް މި މަހުގެ 15, 16, 17ގަައި އޮންނަ އިރު, މި ތިން ޝޯއަށް ވެސް މިހާރު އަންނަނީ ޓިކެޓު ދޫކުރަމުންނެވެ. މި ޝޯތަކަށް ފަހު ސިނަމާއިން މި ފިލްމު ނަގަން ތައްޔާރުވަމުންދާއިރު,“އަބަދަށް” ބަލަން ނުދެވިިއްޖެ ނަމަ އަބަދަށް ހިތާމަކުރާނެ ކަން ޔަގީނެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/