ބިބީގެ ގެ ވީޑީއޯ އަކަށް 10 މިލިއަނަށް ވުރެ ގިނަ ވިއު

މަރްޔަމް މަޢާޝާ އިލްޔާސް

ދިވެހި ފިލްމް ބިބީ--
SHARE
ބިބީގެ ގެ ވީޑީއޯ އަކަށް އިންސްޓަގްރާމުގައި 10 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

އިންސްޓަގްރާމުގައި މަގުބޫލުވި ވީޑިއޯއިން ފެންނަނީ އެ ފިލްމުގެ މަންޒަރެއް ސިނަމާގައި އަޅުވާފައި ވަނިކޮށެވެ. އެ ވީޑިއޯއަށް ދިވެހިންގެ އިތުރުން އަވައްޓެރި ގައުމުތަކުގެ މީހުންގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ.
އެގޮތުން، އަވައްޓެރި ގިނަ ބަޔަކު ދަނީ އެ ފިލްމު އެއްކޮށް ބަލައިލަން ލިބޭނީ ކޮންތަނަކުންތޯ ކޮމެންޓު ކުރަމުންނެވެ.
ފިލްމު ޕްރޮޑިއުސްކުރި ޑާކްރެއިން އެންޓަޓެއިންމެންޓްގެ ވެރިޔާ މުހައްމަދު އަލީ ވިދާޅުވީ 10.5 މިލިއަން ވިއުސް މި ވިޑިއޯއަށް ލިބުނު ނަމަވެސް މާބޮޑު އުފަލެއް ނެތް ކަމަށެވެ. އެއީ މިފަދަ ޕްލެޓްފޯތަކުގައި ހުންނަ ކޮންޓެންޓު މަނިޓައިޒްކުރެވޭނެ ގޮތެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ސަރުކާރުން އެ ޕްރޮމިސްކޮށްފައި އެ ކަމުގައި އަލިމަގެއް ނުފެންނާތީ ވަރަށް ޑިސަޕޮއިންޓް ވެފައި މި ތިބެނީ“ އޭނާ ވިދާޅުވިއެވެ.
.png&w=3840&q=75)
ފިލްމު ބިބީ އަކީ ޝަހުދާ މުހައްމަދު ލިޔެ ޑައިރެކްޓުކޮށްފައިވާ ހޮރޯ ކޮމެޑީ ފިލްމެކެވެ. ފިލްމަށް އޮލިންޕަހުގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބި ދެފަހަރެއްގެ މަތިން އެޅުވިއެވެ.