'ބިބީ'ގެ ޓްރެއިލާ ފެނި ބިރުން ސިހިއްޖެ، ހެމުން އަވަދިވެއްޖެ
މިރާޝް މޫސާ

ބިބީ ގެ ޕޯސްޓަރެއް ---
SHARE
މި މަހުގެ ހަތްވަނަ ދުވަހު އޮލިމްޕަހުގައި އަޅުވާ ފިލްމު 'ބިބީ'ގެ ޓްރެއިލާ ލޯންޗުކޮށްފިއެވެ.

ފިލްމު 'ބިބީ' އަކީ ހޮރޯ ކޮމެޑީ ފިލްމެކެވެ. އެ ފިލްމުގެ ޓްރެއިލާއިން ފިލްމުގައި ހިމެނޭ ބިރުވެރި، އަދި ހެއްވާ މަޖާ ގޮތް ދައްކުވައިދެއެވެ.
.png&w=3840&q=75)
ފިލްމު 'ބިބީ' ލިޔެ، ޑައިރެކްޓުކުރީ ޝަހުދާ މަހުމޫދެވެ. ފިލްމުގެ އެޑިޓިން އަދި ވީޑިއޯ މާސްޓަރިން ހެދީ އަލީ ޝިފާއުއެވެ.
މިއީ ފިލްމުގެ ލީޑު ތަރިން ކަމުގައިވާ މަރްޔަމް މަޖުދާ އާއި، ޝަރަފް އަބްދުﷲ އެކުގައި ފެންނަ ފުރަތަމަ ފިލްމެވެ. އެ ދެ ތަރިންގެ އިތުރުން ރާއްޖޭގެ ސިނަމާގައި ނަން މަޝްހޫރު ތަރިން ކަމުގައިވާ ޝީލާ ނަޖީބު، އަހްމަދު ސައީދު، ފުބޫ އަދި އަމަންގެ އިތުރުން ކުރީގެ މަޝްހޫރު ތަރިި، އިސްމާއީލް ވަޖީހުގެ ކެމެއޯއެއް ވެސް މި ފިލްމުގައި ފެންނާނެއެވެ.
ފިލްމުގެ ޓިކެޓް ހޯދުމަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެެރިކޮށް 911229 އަށް މެސެޖެއް ކޮށްލާށެވެ.