ސޮރީ ޖޫން މަހު އޮލިމްޕަހަށް, ނަހުލާ ބުނީ މި ފިލްމު ބަލައިފިއްޔާ ދުވަހަކު ހަނދާން ނުނެތޭނެކަމަށް!

މަރްޔަމް މަޢާޝާ އިލްޔާސް

ދިވެހި ފިލްމު "ސޮރީ"ގެ ފޮޓޯެއެއް--
SHARE
މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ނަހުލާގެ ފިލްމު "ސޮރީ" އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު ދިވެހި ސިނަމާއަށް އަންނަން ތައްޔާރުވެއްޖެއެވެ.

މި ފިލްމާ ގުޅިގެން ވާހަކަ ދައްކަމުން ނަހުލާ "ނުކުތާ"އަށް ބުނީ މި ފިލްމު ބަލައިފި މީހަކު ދުވަހަކު ވެސް މި ފިލްމުގެ ހަނދާން ނުނެތޭނެ ކަމަށެވެ.އަދި މި ފިލްމުގެ 95 އިންސައްތަ ޝޫޓިން ނިމި 90 އިންސައްތައެޑިޓިން ނިމިފައި ވާކަމަށް ނަހުލާ ބުންޏެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެންނަނީ މަޝްހޫރު ބަތަލުން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އަހްމަދު އީސާ (އާނަންދު)އާއި މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ވާޝިޔާ މުހައްމަދު އާއި މަރިޔަމް އައްޒައެވެ. މީގެ އިތުރުން ނަހުލާގެ ފިލްމް ޒުލޭހާއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނާޝްގެ ދަރިފުޅު އެލްވިން ވެސް މި ފިލްމުން ފެންނާނެއެވެ.
މި ފިލްމުގެ ޕޯސްޓަރުގެ ކެޕްޓަންގައި ލިޔެފައިވާ ގޮތުގައި މިއީ ހަމައެކަނި ފިލްމެއް ނޫނެވެ. މިއީ ފަސޭހަ ނުވާނެފަދަ ޒަހަމެކެވެ. އަދި ހެދޭ ކުޑަކުޑަ ގޯޖެއްގެ ސަބަބުން ހުރިހާ އެއްޗެއް ގެއްލިގެންދާ ކަމަށާއި ލޯތްބާއި އުންމީދު އަދި މުސްތަގުބަލު ވެސް ގެއްލޭ ކަމަށް ބުނެފގައިވެއެވެ.
"އަދި އެެކަން މިހެން ނުވިނަމަ’ އޭ ހިތަން އަރާ ފަދަ ހާލަތަކަށް މީހާ ގަރަގު ކޮށްލައެވެ. މިއީ ހިފަހައްޓާ ނުލެވޭނެ ގިސްލުމެކެވެެ . އަދި މިހަނދާން ތަކަކީ ތިބާގެ ހިތްއިތު ރަށް ޒަހަމް ކޮށްލާނެެެ ހަތިޔާރެކެވެ. “ސޮރީ” ތިބާ ފުނޑުފުނޑުކޮށްލާނެއެވެ. ރޫހާނީ ކަމެއް ފަދައިން މިހަނދާންތައް ފަނޑުނުވެ ދިގުދެމިގެންދާނެއެވެ. ތާރީޚް ފާހަގަކޮށްލާށެވެ. ފިލްމު ބެލުމަށްފަހު ތިބާގެ ހިތް އިހު އޮތްގޮތަކަށް ނޯންނާނެއެވެ.” ފިލްމުގެ ޕޯސްޓުގައި އިތުރަށް ލިޔެފައިވެއެވެ.
.png&w=3840&q=75)
އެ ބުނަން އުޅޭ ވާހަކައެއް ނޭނގެއެވެ. އެކަމަކު, ގައިމު ވެސް އެއީ ނޭވާ ހިފަހައްޓައިލަން ޖެހޭ ވާހަކަތަކެއް އޮތް ފިލްމެއްކަން މި ކެޕްޝަނުން އެކަނި ވެސް ޔަގީންވެއެވެ.
ސޮރީގެ ޕްރޮމޯ ލަވަ ވެސް މިހާރު ނެރިފައިވާއިރު މި ލިންކުން އެ ލަވަ ބަލައިލެވޭނެއެވެ.
ނަހުލާ އެންމެ ފަހުން ލޯބީގެ ފިލްމަކަށް ޑައިރެކްޓްކޮށްފައިވަނީ ފިލްމް ޔޫސުފްއެވެ. އެ ފިލްމަކީ ރިކޯޑް އަދަދަކަށް މީހުން ބެލި ފިލްމެކެވެ. ނަހުލާެ އަމާޒަކީ މި ފިލްމުން ޔޫސުފްގެ ރެކޯޑް މުގުރައިލުމެވެ.
" އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ އަޅުގަނޑުގެ އެއް ފިލްމުން އަނެއް ފިލްމްގެ ރިކޯޑު މުގުރާލަން. އެންމެ ފަހުން ޑިރެކްޓްކުރީ ޔޫސުފް.50 ޝޫ ހައުސްފުލް ކޮށް ދައްކާފަ ފިލްމު ހުއްޓާލީ ފުލްކޮށް އޮއްވަ ފިލްމު ލީކްވެގެން" ނަހުލާ ބުންޏެވެ.

ނަހުލާއަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ޑައިރެކްޓަރެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ކަލާޔާ ނުލާ" އާއި "ޒުލޭހާ" ވެސް ހިމެނެއެވެ.