logo

ދިވެހިރާއްޖޭގެ ދައުވާއެއް އޮއްވާ ފޯޅަވަހި މޮރިޝަސްއަށް ނުދެވޭނެ: ނަޝީދު

މިރާޝް މޫސާ

3 އޮކްޓޯބަރު 2024 - 15:37
ދިވެހިރާއްޖޭގެ ދައުވާއެއް އޮއްވާ ފޯޅަވަހި މޮރިޝަސްއަށް ނުދެވޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

SHARE

ޗާގޯސްގެ ރަށްތަކުގައި ހިމެނޭ ފޯޅަވަހި އަތޮޅަށް ރާއްޖޭގެ ދައުވާއެއް އޮއްވާ، އެ އަތޮޅުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ނުދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ޗާގޯސްގެ ތެރޭގައި ހިމެނޭ ޕެރޯސް ބަންހޯސް/ ފޯޅަވައްސަށް ދިވެހިރާއްޖޭގެ ސާފު ދައުވާއެއް އޮތްކަމަށެވެ. އެހެން އޮއްވާ އެ އަތޮޅަކީ މޮރިޝަސްގެ ތަނެއްކަމަށް ނިންމުމަކީ ރަނގަޅު ސިޔާސަތެއް ނޫން ކަމަށެވެ.

މިއަދު ނިންމި މި ނިންމުމާއެކު، މޮރިޝަސްގެ ބާރު އެ ރަށްތަކަށް ހިނގި ނަމަވެސް ރާއްޖެއާ އެންމެ ކައިރީ އޮންނަ ފޯޅަވަހި/ ޑިއޭގޯ ގާސިއާ އަތޮޅު އެމެރިކާއާއި އިނގިރޭސިން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒެއްގެ ގޮތުގައި އަދިވެސް ބޭނުންކުރާ ގޮތަށް ވަނީ ނިންމާފައެވެ.

1814 އިން ފެށިގެން އިގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް މި ސަރަހައްދުން، 1970 ގެ އަހަރުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށްޓަކައި، 2000 އާ ގާތްކުރާ އަދަދެއްގެ ވަޒަންވެރިން ގަދަކަމުން ބަދަލުކުރެވުނެވެ.

ބައިނަލްއަގުވާމީ ކޯޓުން 2019 ގައި ނިންމި ނިންމުމެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތު ދޫކޮށްލަންޖެހޭ ކަމަށެވެ. އެ ނިންމުމާއެކު، މޮރިޝަސްއާއި، ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށޫއަރާ އިމާމެދު މައްސަލަ ޖެހުނެވެ. މިދިޔަ އަހަރުގެ ތެރޭ ކަނޑުގެ ގާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ އެ އިމުގެ މައްސަލައިގައި ގޮތް ނިންމާފައެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ މައްސަލައިގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ޖިއޮގްރަފިކް ގޮތުން ޗާގޯސްގެ ރަށްތަކާ އެންމެ ކައިރީ އޮތް ގައުމަކީ ރާއްޖެއެވެ. އިނގިރޭސިވިލާތުގެ މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވާހަކަދައްކާފައެއް ނުވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d