logo

ޗާގޯސްގެ މިލްކުވެރިކަމާގުޅޭ ރަސްމީ ވާހަކަތައް ފެށުމަށް ރައީސް, އިނގިރޭސި ބޮޑުވަޒީރަށް ދައުވަތު ދެއްވައިފި

އައިޝަތު ހިދާޔާ

8 ސެޕްޓެމްބަރު 2026 - 05:57
ޗާގޯސްގެ މިލްކުވެރިކަމާގުޅޭ ރަސްމީ ވާހަކަތައް ފެށުމަށް ރައީސް, އިނގިރޭސި ބޮޑުވަޒީރަށް ދައުވަތު ދެއްވައިފި

SHARE

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެށުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާންހަމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ދައުވަތު ރައީސް ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

މިސިޓީފުޅުގައި ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމުގައި ތާރީޚީގޮތުން ވެސް ފެންނާން އޮތްކަމާއި، އަދި ޖިއޮގްރަފީ ގޮތުން ވެސް ފޯޅަވައްސަކީ ރާއްޖެއާ މާގާތުގައި އޮތް ރަށެއްކަމުގައި ފާހަގަކުރައްވައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ކުރިޔަށް ގެންދަވާތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މިސިޓީފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިޔަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަންވެސް ދެއްވާފައިވެއެވެ.

1814 އިން ފެށިގެން އިގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް މި ސަރަހައްދުން، 1970 ގެ އަހަރުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށްޓަކައި، 2000 އާ ގާތްކުރާ އަދަދެއްގެ ވަޒަންވެރިން ގަދަކަމުން ބަދަލުކުރެވުނެވެ.

ބައިނަލްއަގުވާމީ ކޯޓުން 2019 ގައި ނިންމި ނިންމުމެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތު ދޫކޮށްލަންޖެހޭ ކަމަށެވެ. އެ ނިންމުމާއެކު، މޮރިޝަސްއާއި، ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދުން ފުށޫއަރާ އިމާމެދު މައްސަލަ ޖެހުނެވެ. މިދިޔަ އަހަރުގެ ތެރޭ ކަނޑުގެ ގާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ އެ އިމުގެ މައްސަލައިގައި ގޮތް ނިންމާފައެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ މައްސަލައިގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ޖިއޮގްރަފިކް ގޮތުން ޗާގޯސްގެ ރަށްތަކާ އެންމެ ކައިރީ އޮތް ގައުމަކީ ރާއްޖެއެވެ. އިނގިރޭސިވިލާތުގެ މި ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ވާހަކަދައްކާފައެއް ނުވެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d