logo

އިންޑިއާއަށް ކަނޑައަޅާ އާ ސަފީރަކަށް އަޒީމާގެ ނަން މަޖިލީހަށް

މިރާޝް މޫސާ

14 އޮކްޓޯބަރު 2024 - 05:26
އިންޑިއާއަށް ކަނޑައަޅާ އާ ސަފީރަކަށް އަޒީމާގެ ނަން މަޖިލީހަށް

-- އަޒީމާ، ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ ފަތްކޮޅާ 2019 ވަނަ އަހަރު ހަވާލުވެވަޑައިގަންނަވަނީ

SHARE

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބުގެ ދައުރު ހަމަވުމާ ގުޅިގެން، އެ މަޤާމަށް އައު ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މުއިއްޒު އިންޑިއާގެ އައު ސަފީރުކަމަށް ހުށަހަޅުއްވާފައިވަނީ މިހާރު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދަވާ އާއިޝަތު އަޒީމާއެވެ. އަޒީމާއަކީ 2019 އިން 2023 އަށް ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ފޮރިން ސާވިސް ގާނޫނުގެ ދަށުން ސަފީރުކަމުގެ މުއްދަތަކީ 3 އަހަރެވެ. މިހާރުގެ ސަފީރު އިބްރާހިމް ޝަހީބުގެ މުއްދަތު ވަނީ ހަމަވެފައެވެ. ޝަހީބު އިންޑިއާގެ ސަފީރުކަމަށް އައްޔަންކުރެވުނީ 2022 ވަނަ އަހަރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ.

މި ބަދަލު އަންނަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިޔާދަވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރައީސް މުއިއްޒު ވަނީ ފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދުމަށްޓަކައި، އިންޑިއާއިން 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

https://pnc.mv/local-council-inthihaab-2026

އަޒީމާގެ ނަން މިހާރު ވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/