logo

މަޖިލީހުގެ 30 އިންސައްތަ ޒުވާނުންނަށް ޚާއްސަކުރަން ދިރާސާކުރަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

23 މާރިޗު 2026 - 06:39
މަޖިލީހުގެ 30 އިންސައްތަ ޒުވާނުންނަށް ޚާއްސަކުރަން ދިރާސާކުރަނީ

ރައްޔިތުންގެ މަޖިލިސް --

SHARE

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމަށް ޤާނޫނަށް ގެންނަ އިސްލާހުގެ ތެރެއިން، މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރުމަށް ދިރާސާކުރުމަށް ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ ދިއުމަށް ނިމުމެއް ގެނައުމަށް ހުށަހަޅާ އިސްލާހީ ޕެކޭޖުގެ ތެރޭގައި މުހިންމު ދެ ކަމެއް ދިރާސާ ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުށަހަޅަން ގަސްތުކުރާ ފުރަތަމަ ކަމަކީ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދުގެ ތެރެއިން ވަކި އިންސައްތައެއް، އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްޞަކުރުމެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ނިޒާމުގެ ތެރޭގައި ޒުވާނުންނަށް މަޖިލީހުން ޖާގަ ކަށަވަރުވާނެ ފަދަ މަޖުބޫރުކަމެއް ނޯވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްޞަކުރުމަށްވެސް ދިރާސާކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://pnc.mv/local-council-inthihaab-2026

"ކައުންސިލްގެ ކޮމްޕޮޒިޝަންގައި އެބަހުރި އަންހެނުންގެ އަދަދެއް ކަނޑައެޅިފަ. އެހެންނަމަވެސް އެމްޕީސްގެ ނޯންނާނެ އެގޮތަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމާއެކު، ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ފުރުޞަތު ކަށަވަރުކޮށްދިނުމަކީ މި ގެންނަ އިސްލާހީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.

އަދި މިކަމާ ގުޅޭ ދިރާސާތައް ނިމުމުން، ޒުވާނުންނާއި އަންހެނުންނަށް ޚާއްޞަކުރާނެ ސީދާ އިންސައްތަ އިޢުލާނު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމެވުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މަޖިލީހުގެ ހިންގުން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/