logo

މަޖިލީހުގެ މެމްބަރުންގެ ރިކޯލް ވޯޓުލެވޭ ބިލެއް ހުށަހަޅަނީ

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

31 މާރިޗު 2026 - 14:18
މަޖިލީހުގެ މެމްބަރުންގެ ރިކޯލް ވޯޓުލެވޭ ބިލެއް ހުށަހަޅަނީ

SHARE

މަޖިލީހުގެ މެމްބަރުންނަށް ރިކޯލް ވޯޓުލެވޭ ބިލެއް މިދައުއުރުގައި ހުށައޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހެން ރައީސް ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ވިދާޅުވި ގޮތުގައި ދިމިގުރާތީ ހަމަތަކުން ރައްޔިތުން ބާރުވެރިކުރުމަށް އެންމެ މުހިއްމު ކަމަކީ މަޖިލީހަށާއި ކައުންސިލްތަކަށް ހޮވޭ މެންބަރުން ދައުރުތެރޭގައިވެސް ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެން ދިއުމެވެ. އަދި މިއީ ދިނިޔޭގެ ގިނަ ގައުމުތަކުގައި ތަންފީޒު ކުރަމުންދާ ނިޒާމެއް ކަމަށާއި ރާއްޖޭގައި އެކަންކުރުމުގެ ފަންނީ މަސައްކަތް ކުރެވެމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ރައީސްގެ ވިސްނުންފުޅަކީ ރާއްޖޭގެ ހާލަތައް ރިއާޔަތްކޮށް އަދި ދުނިޔޭގެ މިނިޒާމު އެންމެ ކާމިޔާބުކަމާއެކު ތަންފީޒުކުރާ ގައުމުތަކުގައި ކަންކުރާ ގޮތް ބައްލަވާފައި މި ބިލު މަޖިލީހަށް ހުށައެޅުއްވުމެވެ.

ރައީސް އިތުރަށްވަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއިބެހޭގޮތުން ރައްޔިތުން ނިންމަވާގޮތަކާއި ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމު ތަޢާރަފުކުރުމާ ބޯޑު ގުޅުމެއް ވާނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބި ދެ ބުރުގެ ބަދަލުގައި އެއް ބުރުން ރައީސްކު ހޮވިގެންދާއިރު އެކަން ދާންޖެހޭނީ އެއާއިމެދު އެއްވެސް ސުވާލެއް ނުފެދޭނެހެން ދެފުށް ފެންނަ ނިޒާމެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ މި ބައްދަލުވުމަކީ ރައީސް ސިލްސިލާކޮށް ކޮންމެ ހަފްތާއެކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ތިން ވަނަ ބައްދަލުވުމެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/