logo

މަޖިލީހުގެ ސުޕަމެޖޯރިޓީ ނެތިކޮށްލެވޭނީ އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވައިގެން: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

1 އޭޕްރީލު 2026 - 20:22
މަޖިލީހުގެ ސުޕަމެޖޯރިޓީ ނެތިކޮށްލެވޭނީ އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވައިގެން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ

SHARE

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލުމަށް އޮތް ހައްލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެކުގައި ބޭއްވުމުން ރައީސް ކަމަށް އިންތިހާބުވާނެ ބޭފުޅަކު އެނގިވަޑައިގަތުމެއް ނެތި މަޖިލީހަށް މެމްބަރުން ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރު އޮންނަ ނިޒާމުގެ ދަށުން ރިޔާސީ އިންތިހާބަށްފަހު ހަ މަސް ދުވަސް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަކީ އޭގެ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމެކެވެ. އެގޮތުން ސަރުކާރެއް ހޮވުމަށްފަހު މަޖިލިސް އިންތިހާބު ބޭއްވުމުން، ސަރުކާރު ހިންގާ ޕާޓީން އަމިއްލަ މަސްލަހަތު އިސްކޮށްފި ނަމަ، މިނިވަން އިންތިހާބެއް ބޭއްވުމަށް އޮންނަ ފުރުސަތު ގެއްލިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވީމަ މިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަށް މި ހޮވެނީ ކާކު ކަމެއް ނޭނގޭ. ނޭނގޭ ހާލުގައި މަޖިލީހަށް ވެސް މެމްބަރުން ހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ގަޑިއެއްގައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ހާލަތެއްގައި ކެންޑިޑޭޓުންނަށް "ތިމަންނައަކީ ސަރުކާރު ކެންޑިޑޭޓެކޭ" ވިދާޅުވެ ކެމްޕޭން ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

https://pnc.mv/local-council-inthihaab-2026

ރައީސް އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމުން މަޖިލީހުގެ ގޮނޑިތައް އެކި ޕާޓީތަކުގެ މެދުގައި ހަމަހަމަކޮށް ނުވަތަ އިންސާފުވެރިކޮށް ބެހިގެންދާނެ ކަމަށެވެ. މީގެ ސަބަބުން މަޖިލީހުގައި އެކި ފިކުރުތައް ތަމްސީލުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑިމޮކްރަސީއެއްގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގައުމީ ވިސްނުމުގައި ވެރިކަން ކުރުމުގެ ވިސްނުން ނެތް ނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށެވެ.

އަދި ސުޕަމެޖޯރިޓީގެ ނިޒާމު ނެތިކޮށްލައި، ހަގީގީ ޑިމޮކްރަސީއެއް ގާއިމުކުރެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/