ހިިރިމަރަދޫއިން މީހުން ބަދަލުކުރުން އަވަސްކޮށްދޭން ކައުންސިލުން އެދެފި
މިރާޝް މޫސާ

ހިރިމަރަދޫ ---
SHARE
ރަށުގެ އާބާދީ އެހެން ރަށަކަށް ބަދަލުކޮށްދޭން ރަސްމީކޮށް އެދިފައިވާ ހދ. ހިރިމަރަދޫގެ ރައްޔިތުން ބަދަލުކޮށްދިނުން އަވަސްކުރުމަށް އެރަށު ކައުންސިލުން އެދެފިއެވެ.

ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެރަށުގެ ނެރު ތިލަވެ، ލަފާފުރުމަށް ދަތިވެފައިވާ ވާހަކަ އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު އޭނާގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެރަށުގެ މީހުން ބަދަލުކުރުމުގެ މައްސަލަ އަވަސްކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިރިމަރަދޫ މީހުން އެރަށުން ބަދަލުކޮށްދިނުމަށް އެދުނީ މިދިޔަ މަހުގެ ތެރޭ އެރަށު ކައުންސިލުން މާލެއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އެރަށުން އެންމެ ބަދަލުވާން ބޭނުން ރަށެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކ. ތުލުސްދޫގައެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން ހިރިމަރަދޫގެ އާބާދީއަކީ 335 މީހުންނެވެ. ނަމަވެސް ފަހުގެ މައުލޫމާތަށް ބަލާއިރު ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 589 މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުންދަނީ އެހެން ރަށްރަށުގައެވެ.
.png&w=3840&q=75)