
މީގެކުރިން އީދަށް މުލީއާގެ ދިއްލާފައި -- ފޮޓޯ: ދިޔަރެސް
SHARE
އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިތުރު އީދަށް ރާއްޖޭގެ 65 ރަށެއް ދިއްލަން ސަރުކާރުން ނިންމައިފިއެވެ.

ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދު ލައިޓްތައް ދިއްލުމުގެ އިތުރުން ސަރުކާރު ކުންފުނިތަކާ ގުޅިގެން ޚާއްސަ ހަރަކާތްތަކެއް މާލޭގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
"އީދު އަލި"ގެ ނަމުގައި ބޮޑު އިވެންޓް ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެއެވެ. އެ އިވެންޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އީދަކާ ދިމާކޮށް މުޅި ރާއްޖެ ދިއްލުމަށް ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު ފެށި އެ ހަރަކާތަށް ކުޑަކުދިންނާއި، ޒުވާނުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.
މިދިޔަ އަހަރު ދިއްލި ރަށްތަކާއި ސިޓީތަކުގެ އިތުރުން، އިތުރު 36 ރަށެއް ދިއްލަން 28 މިލިއަން ރުފިޔާގެ ލައިޓްތައް ގަންނަން ނިންމިކަން މިނިސްޓަރު އާދަމް ޝަރީފް ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ހާމަކުރައްވާފައެވެ.
.png&w=3840&q=75)
މިނިސްޓަރު ވިދާޅުވިގޮތުގައި މާލޭގައި އީދު ލައިޓްތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެ މަސައްކަތް ކުރިއަށްދަނީ މާލޭ ސިޓީ ކައުންސިލާއި ސްޓެލްކޯ އާއި އެޗްޑީސީގެ އެހީތެރިކަމާއެކުއެވެ.