މާލޭ ސީއެޗްއެސްއީ ރަސްމީކޮށް އަލުން ހުޅުވައިފި

ޢާއިޝަތު ޢަލްޔާ ޢާރިފް

ސީއެޗްއެސްއީ ރާަްަސްމީކޮށް ހުޅުވާއިދެއްވުން -- ފޮޓޯ: ރައިސް އޮފީސް
SHARE
މަތީ ތައުލީމަށް ކިޔަވައިދޭ ސަރުކާރުގެ މަރުކަޒު، ސެންޓަ ފޯ ހަޔާ ސެކެންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ މާލޭ އިމާރާތް ރަސްމީކޮށް އަލުން ހުޅުވައިފި އެވެ.

ސީއެޗްއެސްއީ އަލުން މާލޭގައި ހުޅުވައިދެއްވައިފައި ވަނީ ކުރީގެ އިމާރާތް އާބާތުރަފިލުވުމަށްފަހުއެވެ. ހުޅުމާލެއަށް ސީއެޗްއެސްސީ ބަދަލުކުރި ފަހުން އެ އިމާރާތް މި އަހަރާ ހަމައަށް ހުރީ ބޭނުން ނުކޮށެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތް ހުޅުވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ރައީސަށް ވަނީ ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވެދުމަށް އަރުވާފައިވެއެވެ. އަދި ސީއެޗްއެސްއީގެ ފާސް ދަރިވަރުން ބައިވެރިވި "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމް ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުަ ދައްކަވާމުން ތަޢުލީމީ ވަޒީރު ޑރ އިސްމާޢީލް ޝަފީޢު ވިދާޅުވީ މާލޭގެ އަލުން ސީއެޗްއެސްއީ ހުޅުވައި ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރުކުރުމަށް ރައީސް ނިންމެވި ނިންމެވުމަށް މުޅި ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ޝުކުރުވެރިވާ ކަމަށެވެ.
އަދި ސަރުކާރުގެ އަމާޒަކަށް ވާނީ މާތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން އޭ ލެވަލްގައި ކުރިން އެގާރަ ސަތޭކައެއްހާ ކުދިން ބައިވެރިވާއިރު، މިްަހަރު ބައިވެރިވާ އަދަދު ވަނީ ދެހާހާއި ގާތްކުރާ އަދަދަކަށް މަތިކުރެވިފާކަމަށް ފާހަގަކުރެއްވިއެވެ.
ސީއެޗްއެސްއީ ގައި މިހާރުވެސް 424 ދަރިވަރުން ދަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.


