ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް ފުއާދު ތައުފީގު އައްޔަނުކުރަން ފާސްކޮށްފި

މަރްޔަމް މަޢާޝާ އިލްޔާސް

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ---
SHARE
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، އިލެކްޝަން ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަންކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައިއެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މިދިޔަ މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ހަމަވި ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ ނިމި ދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ގާނޫނުގައި ވާ ގޮތުން މެންބަރަކަށް އަދާ ކުރެވޭނީ އެންމެ ގިނަ ވެގެން ދެ ދައުރެވެ. ފުއާދު، ދެ ވަނަ ދައުރަކަށް އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ. ފުއާދު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ ކޮމިޝަންގައި ދެ ދައުރު ފުރިހަކުރުމަށް ފަހުއެވެ.
ފުއާދު އަކީ އިންތިހާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިހާބުތަކުގައި ފުއާދު އަނަންނީ މަސައްކަތް ކުރައްވަމުންނެވެ.
.png&w=3840&q=75)