logo

ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން ލޭ ހޯދުމުގެ ދަތިތަކަށް ޒަމާނީ ހައްލެއް

މަރްޔަމް މާޙީ

މަރްޔަމް މާޙީ

5 ޖެނުއަރީ 2025 - 16:06
 ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން ލޭ ހޯދުމުގެ ދަތިތަކަށް ޒަމާނީ ހައްލެއް

SHARE

ލޭ ހޯދުމުގެ ދަތިތަކަށް ޒަމާނީ ހައްލެއް ހޯދުމަށް ޓަކައި ލޭ އެޕާއި އެހީ ޖަމިއްޔާ ގުޅިގެން މަސައްކަތް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ އެމަޖެންސީ ހާލަތްތަކުގަ އާއި, ގަވާއިދުން ލޭ އަޅަންޖެހޭ މީހުންނަށް ބޭނުންވާ ލޭ ރައްކާތެރި އަދި ދެމެހެއްޓޭނިވި ނިޒާމެއްގެ ދަށުން ލިބޭނެ މަގު ފަހި ކޮށްދިނުމަށްޓަކައި ފެށުނު މަސައްކަތެކެވެ. އަދި ، ލޭ ހަދިޔާ ކުރުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކޮށް, ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުމަށް ޓަކައި ލޭ އެޕާއި އެހީ ޖަމިއްޔާއިން ވަނީ މިއަދު އެމްއޯޔޫ އެއްގައި ސޮއިކޮށްފައެވެ.

ލޭ އެޕަކީ ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ހައްލެއް ހޯދައިދީ، ލޭ ހޯދަން އެދޭ ފަރާތްތަކާއި, ލޭ ހަދިޔާކުރާ ފަރާތްތައް އަދި ޤަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތްލިބިގަތުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާ އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް (ތެލަސީމިއާ ސެންޓަރ) އިން ރަސްމީކޮށް ވަނީ 11 ޖުލައި 2024ގައި މި ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ލޭ އެޕާއިއެކު ސޮއިކޮށްފައެވެ.ލޭ އެޕު ލޯންޗުކޮށްދީފައިވަނީ 11 ޖުލައި 2024ގައި ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ޞިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލު އެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށް:

/
  1. ލޭ ހޯދަން ފަސޭހަކަމާއެކު ލޭ އެޕުގައި 'ނިއު ރިކުއެސްޓް' އަށް ގޮސް ފޯމު ފުރާލުމުން ރިކުއެސްޓު ކުރެވޭނެއެވެ. ރިކުއެސްޓެއް ކުރުމުން ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންގެ ތެރެއިން ހޯދަން އެދޭ ލޭގެ ބާވަތާއި ދިމާވާ އަދި މިވަގުތު ލޭ ދެވޭނެ ހުރިހާ ޑޯނަރުންނަށް ލޭ ހޯދަން އެދޭ ކަމުގެ ނޮޓިފިކޭޝަން ފޮނުވަދޭނެއެވެ.
  2. މިގޮތަށް ކުރާ ހުރިހާ ރިކުއެސްޓެއް ލޭ އެޕުގެ 'ރިކުއެސްޓު' ޓެބުން އާންމުކޮށް ފެނިގެންދާނެއެވެ.
  3. ޑޯނަރުން ލޭ ހަދިޔާކުރަން ބޭނުންވާނަމަ، ލޭ ހޯދަން އެދި ކޮށްފައިވާ ރިކުއެސްޓެއްގެ 'ޑޯނޭޓު' ފިތަށް ފިތާލުމުން ލޭ ހޯދަން އެދުނު ފަރާތަށް ޑޯނަރު ލޭ ދޭން އެދޭ ކަމުގެ ނޮޓިފިކޭޝަން އަދި ޑޯނަރުގެ ކޮންޓެކްޓު މަޢުލޫމާތު ލޭ އެޕުން ފޮނުވާލަދޭނެއެވެ.
  4. ލޭ ހޯދަން އެދުނު ފަރާތުން 'މައި ރިކުއެސްޓު' ޓެބަށް ގޮސް އެފަރާތުން ކޮށްފައިވާ ރިކުއެސްޓުގެ 'އޮފާރސް' ފިތަށް ފިތާލުމުން ލޭ ދޭން އެދުނު ޑޯނަރުންގެ ކޮންޓެކްޓު މަޢުލޫމާތުތައް ލިސްޓެއްގެ ގޮތުގައި ފެނިގެންދާނެއެވެ. އެތަނުން ޑޯނަރުންނަށް ފިތާލުމުން މެސެޖު ނުވަތަ ކޯލުގެ ޒަރިއްޔާއިން ގުޅުވައިދެވޭނެއެވެ.

މި އެޕުގައި ޑޯނަރުންގެ މަޢުލޫމާތުތައް އާންމުކޮށްފައި ނުހުންނާނެއެވެ. އެއީ ޑޯނަރުންގެ ޕަރސަނަލް އިންފޮމޭޝަން ރައްކާތެރިކޮށްދިނުމަށެވެ. އަދި ލޭ ހޯދަން އެދޭ ފަރާތްތަކާއި ލޭ ހަދިޔާކުރަން ތައްޔާރަށް ތިބި ފަރާތްތައް ސީދާ ގުޅުވައިދިނުމަށެވެ.

މީގެއިތުރުން ވެސް ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކުން އެ ފަރާތްތަކުން މިހާރު ގެންގުޅޭ ޑޯނާ ޕޫލް ފަސޭހަކަމާއެކު މެނޭޖުކޮށް، އެފަރާތްތަކުގެ ސިއްހީ ހާލަތު މޮނިޓާ ކުރުމަށް އެހީތެރިވެދީ، އަދި ޓްރާންސްފިއުޝަން ރިކޯޑު ބަލަހައްޓައިދިނުމަށް އެހީތެރިވެދޭ ޙާއްސަ ފީޗަރސްތަކެއް އެކުލެވިގެން ވެއެވެ.

ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލޭ އެޕުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް) އާއިއެކު ލޭ އެޕުން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށް، ދެފަރާތުން އެކުގައި މަސައްކަތް ކުރިއަށް ގެންދަން ފަށާފައެވެ.

/

ޑޯނަރުން ލޭ ހަދިޔާކުރުމަށްފަހު އަލުން ލޭ ދެވެންދެން ލޭ ހޯދުމަށް އެދި ފޯނުކޯލާއި މެސެޖުތައް ލިބެމުން ދިއުމަކީ އާންމުކަމެކެވެ. މިއީ ޑޯނަރުން އަދި ލޭ ހޯދަން އެދޭ މީހުންގެ ވަގުތު ބޭކާރުވާ ކަމެކެވެ. ނަމަވެސް ލޭ އެޕުގައި ޑޯނަރުން ލޭ ހަދިޔާކުރުމަށްފަހު ލޭ ދިން ތާރީޚު އަދި ބާވަތް (ހޯލް ބްލަޑް 90 ދުވަސް ނުވަތަ އެފެރެސިސް 120 ދުވަސް) އަޕްޑޭޓުކޮށްލުމުން، ދެން ލޭ ދެވޭނެ ތާރީޚަކީ ކޮބާކަން ބުނެދީ، މި ތާރީޚާއި ޖެހެންދެން އެއްވެސް ނޮޓިފިކޭޝަނެއް ނުފޮނުވާނެއެވެ. ލޭ ދެވެން ފެށުމުން އަލުން ނޮޓިފިކޭޝަން ލިބެން ފަށާނެއެވެ.

އަދި ލޭ ނުދެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ (މިސާލަކަށް: ވަގުތީ ގޮތުން ބޭހެއް ކާތީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ލޭ ނުދެވޭ ފަރާތްތައް ޑޯނަރ ސްޓޭޓަސް ވަގުތީ ގޮތުން އޮފް ކޮށްލެވޭނެއެވެ. މީގެ ސަބަބުން ލޭ ނުދެވޭ ހާލަތްތަކުގައި ލޭ ހަދިޔާކުރާ ފަރާތްތަކަށް ވަގުތީ ގޮތުން ނޮޓިފިކޭޝަންތަކެއް ނުލިބޭނެއެވެ. މި މުއްދަތު ހަމަވުމުން އަލުން ނޮޓިފިކޭޝަން ލިބެން ފަށާނެއެވެ.

ލޭ އެޕުގައި ކުރާ ރިކުއެސްޓުތައް ފަސޭހަކަމާއެކު މެސެޖެއްގެ ގޮތުގައި ނުވަތަ ރިކުއެސްޓު ކާޑެއް (ފޮޓޯ) ގެ ގޮތުގައި ލޭ އެޕުން ބޭރަށް ޝެއަރ ކުރެވޭނެއެވެ. މިގޮތަށް ހެދުމުން މިހާރު މީސްމީޑިއާގައި ހަރަކާތްތެރިވާ ގްރޫޕުތަކަށް ފަސޭހަކަމާއެކު ރިކުއެސްޓު ޝެއަރ ކުރެވޭނެއެވެ.

މި އެޕުގައި 'ކޮމިއުނިޓީ' ޓެބަށް ގޮސް ފަސޭހަކަމާއެކު އެކުގައި މަސައްކަތްކުރާ މީހުންނާއި، އާއިލާ ނުވަތަ ރައްޓެހިންނާއިއެކު ކޮމިއުނިޓީ ހެދޭނެއެވެ. މި ފީޗަރގެ ބޭނުމަކީ، ލޭ ހޯދަންޖެހޭ ވަގުތެއްގައި ކޮމިއުނިޓީގެ ތެރެއިން ލޭގެ ބާވަތުން ފަސޭހަކަމާއެކު ފިލްޓަރ ކޮށް، މިހާރު ލޭ ދެވޭނެ އަދި ކައިރި މުސްތަޤްބަލެއްގައި ލޭ ދެވޭނީ ކާކަށްކަން ކޮމިއުނިޓީގެ ބައިވެރިންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ދައްކާދިނުމެވެ. ކޮމިއުނިޓީ އަށް ވަދެވޭނީ ޕްރައިވެޓް ކޯޑެއް މެދުވެރިކޮށެވެ. އެހެންކަމުން މިއީ ބޭނުންކުރަން ވަރަށް ރައްކާތެރި ފީޗަރ އެކެވެ. އާންމުންނަށް ކޮމިއުނިޓީގައި ބައިވެރިވުމަށް ހުޅުވާލަން ބޭނުންވާނަމަ، ކޮމިއުނިޓީގެ ކޯޑު އާންމުނާއި ޙިއްސާކޮށް ގިނަ މީހުންނާއެކު ކޮމިއުނިޓީ ހެދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

ލޭ އެޕް ޑައުންލޯޑް ކުރެވިދާނެ ލިންކުތައް:

  1. ގޫގުލް ޕްލޭސްޓޯރު
  1. އެޕަލް އެޕްސްޓޯރު

އެހީ ޖަމިއްޔާގެ ފަރާތުން ކުރަމުންދާ އެކިއެކި މަސައްކަތްތަކުން ލިބިފައިވާ ތަޖުރިބާގެ އަލީގައި، ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގައި, ކެމްޕޭނުތައް އެންމެ އެދެވިގެންވާ ގޮތެއްގައި ހިންގުމަށް ލޭ އެޕަށް އެހީތެރިކަން މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދެވޭނެއެވެ. މި އެޕުގައި ޑޯނަރުން ރަޖިސްޓަރކޮށް އާންމުންގެ އެއްބާރުލުން މި ޕްރޮޖެކްޓަށް ހޯދައިދިނުމަށް އެހީ ޖަމިއްޔާގެ ފަރާތުން މަސައްކަތްކޮށްދޭނެއެވެ.

އަދި މި އެޕު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ, ލޭ ހަދިޔާކުރުމަށް ބާއްވާ ކޭމްޕުތަކާއި އާންމުން ހޭލުންތެރިކުރުމަށް އިވެންޓުތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެއިތުރުން ވެސް ކޮންޓެންޓު ތައްޔާރުކުރުމަށް މަސައްކަތް ކޮށްދީ ލޭ ހަދިޔާކުރާ ފަރާތްތައް އިތުރުކުރުމާގުޅޭ ގޮތުން މިހާރު ހުރި ގޮންޖެހުންތަކާއި އަދި ސިއްހީ ނިޒާމުގެ ތެރޭގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް އެކުގައި އަޑުއުފުލާ މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/