logo

އެސްޓޯނިއާއަށް ލޮގިންވެލަމާ: މިއީ ފުރަތަމަ “ޑިޖިޓަލް ޖުމްހޫރިއްޔާ”!

ސައިފުﷲ އަލީ

11 ޖެނުއަރީ 2025 - 21:29
އެސްޓޯނިއާއަށް ލޮގިންވެލަމާ: މިއީ ފުރަތަމަ “ޑިޖިޓަލް ޖުމްހޫރިއްޔާ”!

'އެންޓާ އެސްޓޯނިއާ' ފޯރަމެއްގެ ތެރެއިން

SHARE

މި ކިޔައިދެނީ އެސްޓޯނިއާގެ ވެރިރަށް، ޓެލިންގެ ރައްޔިތެއްގެ އާދަކާދައިގެ ވާހަކައެވެ. ހެނދުނު ތެދުވެ އެ ޒުވާނާގެ ޑިޖިޓަލް ޑޭޝްބޯޑަށް ލޮގިން ވެލާއިރު ފެންނަން ހުންނަނީ އީމޭލުތައް އެކަންޏެއް ނޫނެވެ. ގާނޫނީ ގޮތުން ސޮއިކުރަންޖެހޭ ލިޔުންތަކުގައި ސޮއިކޮށްލެވެއެވެ. ޓެކްސް ދައްކާ، ބަޔާން ހުށަހެޅެއެވެ. ހަމަ އެ އިން ތަނުން ގުޑައި ނުލައި އާ ވިޔަފާރިއެއް ވެސް ރެޖިސްޓާ ކޮށްލަންވީއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ސޯޯވިއެޓް ޔޫނިއަން ރޫޅުމާއެކު، އަލުން އާ ފެށުމަކުން ހުރިހާކަމެއް ފަށަން ޖެހުނު އެސްޓޯނިއާ، ޑިޖިޓަލް ގަވަނެންސްގެ ދާއިރާއިން މުޅި ދުނިޔޭގައި ފާހަގަކޮށްލެވޭ ނަމަކަށް ވުމަށް ކުރި ދަތުރަކީ، އެންމެނަށް އޮތް ފިލާވަޅެކެވެ.

އާބާދީގައި 1.3 މިލިއަން މީހުން ދިރިއުޅޭ މި ކުޑަ ބޯލްޓިކް ގައުމަކީ ދުނިޔޭގެ ފުރަތަމަ "ޑިޖިޓަލް ޖުމްހޫރިއްޔާ" އަށް ވަނީ ވެފައެވެ.ސަރުކާރުގެ 99 އިންސައްތަ ހިދުމަތްތައް 24 ގަޑިިއިރު އޮންލައިންކޮށް ލިބެން ހުރެއެވެ. މި ފަސޭހަތަކުގެ ސަބަބުން އުފެއްދުންތެރިކަމުގެ ޚަރަދުން ދެ ޕަސެންޓު ސަލާމަތްވާ ކަމަށް އެ ގައުމުގެ ސަރުކާރުން ލަފާކުރެއެވެ.

އެސްޓޯނިއާގެ ޗީފް ޑޭޓާ އޮފިސަރު އޮޓް ވެލްސްބާގް ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގެ ޑިޖިޓަލް ނިޒާމު ގާއިމުކޮށްފައިވަނީ 'ވަންސް-އޮންލީ' (ހަމައެކަނި އެއްފަހަރު) މި ސިިޔާސަތުގެ މައްޗަށެވެ.

."ރައްޔިތުން އެއް މައުލޫމާތެއް ދެ ފަހަރު ދޭކަށް ނުޖެހޭނެ. [މިސާލަކަށް] އެޑްރެސް އަޕްޑޭޓްކުރާއިރު، ސަރުކާރުގެ ހުރިހާ ވުޒާރާއަކަށް އެކީ އެނގޭނެ."

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެސްޓޯނިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ބިންގަލަކީ އެކްސް-ރޯޑެވެ. މިއީ އާންމު އަދި ޕްރައިވެޓް ޑޭޓާބޭސްތައް ގުޅުވައިދޭ ލާމަރުކަޒީ ޑޭޓާ އެކްސްޗޭންޖް ނިޒާމެކެވެ. ކޮންމެ ރައްޔިތަކަށް ވެސް ބްލޮކްޗެއިން ޓެކްނޮލޮޖީން ރައްކާތެރިކުރެވިފައިވާ ޑިޖިޓަލް އައިޑެންޓިޓީއެއް ލިބެއެވެ. މިއީ އެ ގައުމުގެ ސަރުކާރުގެ ހިދުމަތްތަކަށް ވަނުމުގެ ތަޅުދަނޑިއެވެ. މި ނިޒާމުން އަހަރަކު 900 މިލިއަނަށްވުރެ ގިނަ މުއާމަލާތް ޕްރޮސެސްކުރެއެވެ. ވޯޓުލުމުން ފެށިގެން މެޑިކަލް ރެކޯޑުތަކަށް ވަނުމަށް ވެސް ޑިޖިޓަލް ސޮއި ބޭނުންކުރެވެއެވެ.

undefinedއެސްޓޯނިއާގެ އީ ރެޒިޑެންސީ ކާޑު ބޭނުންކޮށްގެން މީހަކު ސަރުކާރުގެ ޚިދުމަތްތައް ހޯދަނީ --

އެސްޓޯނިއާގެ ޑިޖިޓަލް ކާމިޔާބީ ބިނާވެފައިވަނީ ވަސީލަތްތަކުގެ މުއްސަނދި ކަމަކަށް ނޫނެވެ. އެކަމަކު، އީޖާދު ކުރުމަށް އޮތް ޒަރޫރަތްތެރިކަމުގެ މައްޗަށެވެ. މީލާދީން 1991ވަނަ މިނިވަންކަންލިބުމާއެކު، އާންމު ބިއުރޮކްރެސީ ފަހަނައަޅާ ގޮސް، ޑިޖިޓަލްވުމަށް އެ ގައުމުން އަމާޒުހިފިއެވެ. މި ނިންމުމުގެ ސަބަބުން ކާރިސާގެ ވަގުތުތަކުގައި ވެސް އެ ގައުމަށް ވަނީ ބޮޑެތި ފަސޭހަތަކެއް ވެފައެވެ. އެގޮތުން، ކޮވިޑް-19 ބަލިމަޑުކަމުގައި ގިނަ ގައުމުތަކުގެ ސަރުކާރުތަކުގެ ހިންގުން މަޑުޖެހި، ޑިޖިޓަލް ގޮތްތަށް ހޯދުމުގެ މަސައްކަތް ކުރަން މަޖުބޫރުވި އިރު، އެސްޓޯނިއާގެ ސަރުކާރުން އާދައިގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ.

/

އެ ގައުމުން ވަނީ 2014ވަނަ އަހަރު އީރެސިޑެންސީ ޕްރޮގްރާމެއް ވެސް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން ބިދޭސީންނަށް ވެސް ގައުމުގެ ޑިޖިޓަލް ހިދުމަތްތަކަށް ލިބޭ ގޮތް ވަނީ ވެފައެވެ. އެއާއެކު، ދުނިޔޭ އެކި ކަންކޮޅުތަކުގެ މީހުން ހިމެނޭ ޑިޖިޓަލް މުޖުތަމައެއް އުފެދިފައިވެއެވެ. ޖުމްލަ 170 ޤައުމަކުން 80,000 އަށްވުރެ ގިނަ މީހުން އީ-ރެސިޑެންޓުންނަށް ވެފައިވާއިރު، އެ މީހުން އެސްޓޯނިއާގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުން މުހިންމު އިގުތިސާދީ ހަރަކާތްތަކެއް އުފައްދާފައިވެއެވެ.

ނަމަވެސް، މި ޑިޖިޓަލް ޔޫޓޯޕިއާއަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން، 2007ވަނަ އަހަރު އެސްޓޯނިއާއަށް ވަނީ ބޮޑެތި ސައިބާ ހަމަލާތަކެއް ކުރިމަތިވެފައެވެ. އެ ހާދިސާގެ ތަޖުރިބާއަށް ބަލައި އެ ގައުމުން ވަނީ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. ނޭޓޯގެ ކޯޕަރޭޓިވް ސައިބާ ޑިފެންސް ސެންޓާ އޮފް އެކްސެލެންސް ވެސް މިހާރު ގާއިމުކޮށްފައި ހުންނަނީ އެ ގައުމުގެ ވެރި ރަށް ޓެލިންގައެވެ.

އެސްޓޯނިއާގެ ޑިޖިޓަލް އިިންގިލާބަކީ އެހެން ހުރިހާ ގައުމަކަށް އަގުހުރި ފިލާވަޅެކެވެ. އީޖާދުކުރުމަށް ގައުމުގެ ސައިޒު މުހިއްމު ނޫން ކަން ދައްކުވައިދެއެވެ. އަދި، ޑިޖިޓަލް ސަރުކާރަކުން ރައްޔިތުންގެ އިތުބާރު ހޯދޭނެކަން ވެސް ހާމަކޮށްދެއެވެ.

މި އާޓިކަލް ފެށުނު އިރު. ޓެލިންގައި އޭނާގެ ހެނދުނުގެ މަސައްކަތް ފެށި ޒުވާނާ މިހާރު އެ ހުރިހާ ކަމެއް ނިންމާލަފާނެއެވެ. އެހެން ގައުމެއްގައި ދެތިން ގަޑިއިރުު ހޭދަވާނެ މަސައްކަތްތައް އެ ނިންމާލީ ދެތިން މިނެޓުންނެވެ. އޭނާގެ ހިތްހަމަ ޖެހުމަކީ ހަމައެކަނި އެ މަސައްކަތް ފަސޭހަވުން އެކަންޏެއް ނޫނެވެ. އެކަމަކު، ދިރިއުޅުމުގެ އަގުހުރި އެތައް ވަގުތެއް ސަލާމަތްވުން ވެސްމެއެވެ

ދުނިޔޭގެ ޤައުމުތަކުން އެބައިމީހުންގެ ވެރިކަމުގެ ނިޒާމުތައް ޒަމާނީކުރަން ބަލާއިރު، އެސްޓޯނިއާގެ ޑިޖިޓަލް މުޖުތަމައަކީ އެ ގައުމުތަކަށް މަގު ދައްކައިދޭ ޗާޓެކެވެ. އީޖާދާއި، ކެރުންތެރިކަން އިސްކޮށްފިނަމަ، ކޮންމެ ގައުމެއްގައި ވެސް ޑިޖިޓަލް ސަރުކާރެއް ގާއިމުކުރުމަކީ ކުރެވޭނެ ކަމެއްކަން އެ ގައުމުން ސާބިތުކޮށްދެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/