އެންމެންގެ ލޯބި ހޯދި ޖަޖް ފްރޭންކް ކެޕްރިކޯއަށް ކެންސަރު ޖެހިއްޖެ
ސައިފުﷲ އަލީ

ޖަޖް ފްރޭންކް ކެޕްރިކޯ
SHARE
ސޯޝަލް މިޑީއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ "ކޯޓް އިން ޕްރޮވިޑެންސް"ގެ ފަނޑިޔާރު ފްރޭންކް ކެޕްރިކޯއަށް ކެންސަރު ޖެހިފައިވާކަން އޭނާ އިއުލާންކުރައްވައިފިއެވެ.

އެ ކަން ހާމަކޮށް ފަނޑިޔާރު ކެޕްރިކޯ ވަނީ ވީޑިއޯއެއް އާއްމުކުރައްވައިފައެވެ. ވީޑިއޯގައި ވިދާޅުވި ގޮތުގައި އޭނާ ބަލިވެ އުޅުއްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އަދި އޭނާގެ މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ ލިބުނު އިރު ޕޭންކްރިިއަސް ކެންސަރު ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ މީހުން އަޅުގަނޑު ގާތުގައި އަހާ ކޮންކަމެއްތޯ ކޮށްދޭންވީ. ފުރަތަމަ ކަމަކަށް އަޅުގަނޑު ބޭނުންވަނީ ހުރިހާ ބޭފުޅުންގެ އެކުވެރިކަމަށާއި ހިތްހެޔޮ މެސެޖުތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން ވެސް އަޅުގަނޑަށް ދުއާކޮށްދެއްވުމަށް،" ޖަޖް ކެޕްރިކޯ ވިދާޅުވިއެވެ.
ރޯޑް އައިލެންޑާއި ބޮސްޓަންގައި އޭނާ ކެންސަރަށް ފަރުވާ ހޯދަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކެންސަރާ ހަނގުރާމަކުރުމަށް އޭނާ ތައްޔާރަށް ހުރިކަމަށް ވެސް ވިދާޅުވިއެވެ.
ފްރޭންކް ކެޕްރިކޯއަކީ އޭނާގެ ހިތްހެޔޮކަމާއި އެކުވެރިކަމުގެ މިޒާޖުން ގިނަ ބައެއްގެ ލޯބި ހޯއްދަވައިފައިވާ ބޭފުޅެކެވެ.
.png&w=3840&q=75)