logo

ބައިޑެން އަށް ނުފިލޭނެ ކަމަށް ގޮވަމުން އިސްރާއިލާ ދެކޮޅަށް އެމެރިކާ މީހުން ނުކުމެއްޖެ

ސައިފުﷲ އަލީ

5 ނޮވެމްބަރު 2023 - 04:36
ބައިޑެން އަށް ނުފިލޭނެ ކަމަށް ގޮވަމުން އިސްރާއިލާ ދެކޮޅަށް  އެމެރިކާ މީހުން ނުކުމެއްޖެ

ފަލަސްތީނުގެ ދިދައާއެކު އިސްރާއިލާ ދެކޮޅަށް އެމެރިކާގައި ބޭއްވި މުޒާހަރާ ތެރެއިން -- ފޮޓޯ: އަލްޖަޒީރާ

SHARE

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ތާއީދުކުރައްވާތީ އެ ކަމާ ދެކޮޅަށް އެ ގައުމުގެ ވެރިރަށް ވޮޝިންޓަން ޑީސީގައި އެތައް ހާސް ބަޔަކު ނުކުމެ އަޑު އުފުލައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

"ބައިޑެން ތިޔަ ބޭފުޅާއަކަށް ނުފިލޭނެ، އަހަރެމެން ނަސްލު ނައްތާލަން އުޅުމުގެ ދައުވާ ތިޔަ ބޭފުޅާގެ މައްޗަށް އުފުލާނަން،" މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައެވެ.

އދ.ގެ ނަސްލު ނައްތާލުމުގެ މުއާހަދާގައި ނަސްލު ނައްތާލުން މާނަކޮށްފައިވަނީ "ގައުމީ، ނަސްލީ، ނަސްލީ ނުވަތަ ދީނީ ޖަމާއަތެއް މުޅިން ނުވަތަ ބައެއް ގޮތުގައި ނައްތާލުމުގެ ނިޔަތުގައި ހިންގާ އަމަލުތަކެއް" ކަމަށާއި އޭގެ ތެރޭގައި މީހުން މެރުމާއި ވިހެއުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ހިމެނޭ ގޮތަށެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އާންމުންނަށް ހަމަލާދިނުން މަޑުޖައްސާލުމަށް އެމެރިކާއިން ވަނީ ގޮވައިލައިފައެވެ. އެހެން ނަމަވެސް، އެއީ އެ ގައުމުގެ އަސްކަރިއްޔާއާއި އިސްރާއިލާ ދެމެދު ދަމައިލާ "ރަތްރޮނގެއް" ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ 9،488 މީހުން އިސްރާއިލުން މަރައިލައިފައިވާއިރު ވެސް، ބައިޑެން ވަނީ އިސްރާއިލަށް އެހީ ފޯރުކޮށްދިނުމަށް ޓަކައި 14 ބިލިއަން ޑޮލަރު ހޯދުމަށް ކޮންގްރެސްގައި އެދިފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އިއްޔެ ކުރިއަށް ދިޔަ މި މުޒާހަރާގައި ބައިވެރިން ވަނީ އިސްރާއިލަށް އެމެރިކާއިން އެހީވުން ހުއްޓައިލުމަށް ގޮވައިލައިފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/