logo

ޅެންވެރިންގެ ބަހާރުން ޅެންވެރިންގެ ދުވަސް ފާހަގަކުރަން ހާއްސަ ޖަލްސާއެއް ބާއްވައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

16 ޖެނުއަރީ 2025 - 08:47
ޅެންވެރިންގެ ބަހާރުން ޅެންވެރިންގެ ދުވަސް ފާހަގަކުރަން ހާއްސަ ޖަލްސާއެއް ބާއްވައިފި

ޅެންވެރިންގެ ދުވަހުގެ ޖަލްސާގެ ތެރެއިން, އަބްދުއްރަޝީދު ހުސައިން ވާހަކަ ދައްކަވަނީ --

SHARE

ޅެންވެރިންގެ ބަހާރުން ޅެންވެރިންގެ ދުވަސް ފާހަކުރަން ހާއްސަ ޖަލްސާއެއް ރޭ ބާއްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މި ޖަލްސާ ބާއްވައިފައިވަނީ ޅެންވެރިންގެ ބަހާރާއި އިތުރު ދެ ޖަމިއްޔާއެއް ގުޅިގެންނެވެ. އެއީ ޅެންވެރިންގެ ހަވީރާއި, ޅެންވެރިންގެ ޖަމިއްޔާއެވެ.

ރާއްޖޭގެ ޅެންވެރިންގެ ދުވަސް ނިސްބަތްކުރެވެނީ މަޝްހޫރު ޅެންވެރިޔާ އަލްއުސްތާޒް އިބްރާހީމް ޝިހާބަށެވެ. އެއީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބެވެ. ނަމަވެސް މިއަހަރުގެ ޅެންވެރިންގެ ދުވަސް ތަހްސީސް ކޮށްފައިވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުالله ސާދިގު (ސޯދު) އަށެވެ.

ރޭ ސަލާހުއްދީން ސްކޫލުގައި އޮތް މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ މަޝްހޫރު ޅެންވެރިޔާ އަބްދުއްރަޝީދު ހުސައިން އެވެ. މި ޖަލްސާގައި ރާއްޖޭގެ ފުންނާބުއުސް ގިނަ ޅެންވެރިން ބައިވެރިވިއެވެ. އަދި އެބޭފުޅުންގެ ތަފާތު ޅެންތަކާއި, ރައިވަރުތަކާއި, ލަވަތަކުގެ އިތުރުން މަދަހަތައް މި ޖަލްސާގައި ހުށައެޅިއެވެ.

މިއަހަރުގެ ޝިއާރެއްގެ ގޮތުން ކަނޑައަޅައިފައި ވަނީ "ވަރަށް ލޯބިވޭ" އެވެ. މި ޝިއާރު ކަނޑައެޅީ މީހަކާ ވެސް ބައްދަލުވެވަޑައިގެންނެވުމަށްފަހު ވަކިވާއިރު 'ވަރަށް ލޯބިވޭ' ވިދާޅުވުމުމަކީ ސޯދުބެގެ އާންމު އާދައަކަށް ވާތީއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި ޖަލްސާގައި ސޯދުބެއަށް ބަލިހާލަތުގެ ސަބަބުން ބައިވެރިނުވެވުނު ނަމަވެސް, ސޯދުބެ ޅެންވެރިންނަށް ހާއްސަ މުހިންމު މެސެޖުތަކެއް ދެއްވިއެވެ. ސޯދުބެގެ ފަރާތުން ވާހަކަދެއްކެވީ ދަރިކަލުން ރައުފަތް ސޯދިގްއެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަންފެށީ 1989ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަހުއެވެ. އިއްޔެ ފާހަގަ ކުރީ ރާއްޖޭގެ 37ވަނަ ޅެންވެރިންގެ ދުވަހެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/