logo

އީސާ ޝަރީފް ކިޔަވައިދޭ ޅެންވެރިކަމުގެ ކޯހެއް އަލިމަސް އެކެޑަމީން ބާއްވަނީ

މުހައްމަދު އިޔާން

25 ޖޫން 2025 - 17:49
އީސާ ޝަރީފް ކިޔަވައިދޭ ޅެންވެރިކަމުގެ ކޯހެއް އަލިމަސް އެކެޑަމީން ބާއްވަނީ

ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އީސާ ޝަރީފް -- ފޮޓޯ: މިހާރު ނޫސް

SHARE

ރާއްޖޭގެ މަޝްރޫހު ޅެންވެރިޔާ އީސާ ޝަރީފް ކިޔަވައިދޭ ޅެން ކޯހެއް އަލިމަސް އެކެޑަމީން އިއުލާންކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ އެކެޑަމީން ބުނީ "އުންމީދުގެ އަލިކަން" މި ނަމުގައި ކުރިއަށް ގެންދާ މި ކޯހަކީ ‎ޅެންހެދުމުގެ މަތީފެންވަރުގެ ހުނަރުތަކަށް އަހުލުވެރިކުރުމުގެ ކޯހެއް ކަމަށެވެ. އަދި މިއީ ޅެން ހެދުމުގެ ދަރަޖަ (2) ޅެންހެދުމުގެ އަސާސީ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކުރައްވައިފައިވާ ހަމަ ކޮންމެ ޅެންވެރިޔަކަށް ދިއްލުނު އައު އުންމީދީ ހުޅުކޮޅެއް ކަމަށް އެ އެކެޑަމީން ބުނެއެވެ.

މި ކޯހުގައި ‎އަސާސީ ހުނަރުތައް ތާޒާކޮށްލުމާ އެކު މަތީ ފެންވަރުގެ ހުނަރުތަކަށް އަހުލުވެރިވެ ‎މޮޅު ޅެންވެރިޔަކަށް ވުމުގެ ޚާއްޞަ ފުރުސަތެއް އޮންނާނެ ކަމަށް ވެސް އެ އެކެޑަމީން ވަނީ ބުނެފައެވެ.

މި ކޯހުގައި ކިޔަވައިދޭ މުހިންމު ބައިތައް
  1. ޅެމުގައި ވާހަކަ އުފެއްުދުން
  2. ވާހަކަ ކުރިއަށް ގެންދާނެ ގޮތް
  3. ކާފިޔާ ސެޓު
  4. ކާފިޔާއަށް އޮހިގެން އަންނަ ގޮތަށް ލަފުޒު އެޅުން
  5. ލަފުޒުގެ ފުރިހަމަ ބޭނުން ހިފުން
  6. ލަފުޒުން އިތުރު މާނަ ނެރުން
  7. ހާއްސަ ޅެންވެރި އުކުޅުތައް
  8. ނުސީދާ ބަހުރުވަ
  9. ބަދަހި ގެތުން
https://pnc.mv/local-council-inthihaab-2026

ދިހަ ގަޑިއިރުގެ މި ކޯހުގައި ކިޔަވައިދޭނީ އޮންލައިންކޮށް ޒޫމް އެޕްލިކޭޝަނުގައި ކަމަށް ވެސް އަލިމަސް އެކެޑަމީން ބުނެއެވެެ. އަދި ކުލާސްތައް އޮންނާނީ އާދީއްތައާއި ހޯމަ ދުވަހުގެ ރޭ 9:00އިން 11:00އަށް ކަމަށާއި ކޯސް ފެށޭނީ އަންނަ ޖުލައި މަހުގެ 5ވަނަ ދުވަހުގެ ރޭގަނޑު ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. ބައިވެރިވުމަށް މި ފޯމު ފުރައިލައްވާށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/