ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދުގައި ވައި ނުސާފު، ސަމާލުވޭ : އެޗްފީއޭ

މަރްޔަމް މާޙީ

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައި --- ނުކުތާ ފޮޓޯ
SHARE
މި ދުވަސްވަރު ރާއްޖެ ސަރަހައްދުގެ ޖައްވު ވަރަށް ބޮޑަށް ތަގައްޔަރުވެފައި ވާތީ، އާންމުން އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ވައިގެ ސާފުކަން ދައްކައިދޭ ވެބްސައިޓް އެއާއައިކިއު އިން ދައްކާގޮތުގައި މާލެ ސަރަހައްދުގެ ވައި ހުރި ޔޫއެސް އެއާ ކޮލިޓީ އިންޑެކްސްގެ މިންގަނޑުން ބަލާއިރު 129ގައެވެ. އެ ވެބްސައިޓުން ބުނާ ގޮތުން މިއީ ބަލިތައް ހުންނަ މީހުންނަށް ނުރައްކާތެރި މިންވަރެކެވެ.
އެޗްޕީއޭ އިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންތައްތައް ކިޔައިދީފައެވެ. އެގޮތުން:
• ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އަދި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
• ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން.
.png&w=3840&q=75)
• ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން.
• ތުއްތު ކުދިން ބޭރަށް ނުނެރުން.
• ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
• ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ކަހަލަ ކަންތައްތައް މަޑުޖައްސާލުން.

މި ފަހަކަށް އައިން ކޮންމެ އަހަރެއްގެ އިރުވައި މޫސުމާ ދިމާކޮށް ވެސް ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއެވެ.