logo

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ކުރިއަށް ގެންގޮސްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

25 ފެބްރުއަރީ 2025 - 09:58
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ކުރިއަށް ގެންގޮސްފި

SHARE

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި މާސް އިންސްޕެޝަނެއް ފަށައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ހެލްތު މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) ގުޅިގެން ފެށި މި މާސްއިންސްޕެކްޝަން އިއްޔެ ހެނދުނު 9:00 އިން 16:00 އަށް މާލެ އާއި އަތޮޅުތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އިންސްޕެކްޝަންގެ މަގްސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ޤާނޫނު( 6/2024) އާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ޞިއްޙީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުން ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މިއިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތައް ބުޅާ މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތާއި، ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާއި އެއްގޮތަށްތޯ ބެލުމާއި ،މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ،ގުދަން ކޮށްފައިވަނީރައްކާތެރިކޮށްތޯ ބަލާނެ ކަމަށް ވެސް ބުންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/