logo

ދުވެލި އަވަސްކޮށް، ތެލަސީމިއާ ސެންޓަރަށް ޑިރެކްޓަރެއް ލައިފި، އިތުރު މުވައްޒަފުން ހޯދަން އިއުލާންކޮށްފި

މިރާޝް މޫސާ

24 މާރިޗު 2025 - 18:13
ދުވެލި އަވަސްކޮށް، ތެލަސީމިއާ ސެންޓަރަށް ޑިރެކްޓަރެއް ލައިފި، އިތުރު މުވައްޒަފުން ހޯދަން އިއުލާންކޮށްފި

ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ކަމަށް ހަމަޖެއްސި އަހްމަދު މައުސޫމް

SHARE

އަހަރުތަކަކަށްފަހު ތެލަސީމިއާ ސެންޓަރު ނުވަތަ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަކޮށް، އިތުރު ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެތަނުގެ ޑިރެކްޓަރ ޖެނެރަލް ކަމަށް އައްޔަން ކުރައްވާފައި ވަނީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަހްމަދު މައުސޫމެވެ. އޭނާ ވަނީ މީގެކުރިން އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލަސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިޒީޝަނެއް ވެސް އެތަނަށް ހަމަޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރޔުން ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް ވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ތެލަސީމިއާ ސެންޓަރުގެ މަގާމްތަކަށް މީހުން ހޯދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްމިދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެމަނިކުފާނު އެފަދައިން އެންގެވީ އެތަނުގެ ހާލަތު ގޯސްވެ ތެލެސީމިއާ ޕޭޝަންޓުންގެ އާއިލާތަކުން މުޒާހަރާކުރުމުން، އެތަނަށް ވަޑައިގެން ތަނުގެ ހާލަތު ބެއްލެވުމަށްފަހުއެވެ.

ތެލަސީމިއާ ސެންޓަރު އެ ހާލަތުގައި އޮންނަތާ އަށް އަހަރު ވަނީ ވެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/