logo

މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

9 އޭޕްރީލު 2025 - 07:11
މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަން އިއުލާނުކޮށްފި

SHARE

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމް.ބީ.އެސް) އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން.ބުނީ އެމް.ބީ.އެސްގެމަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި، ސިވިލް ސާރވިސްގެ ތެރޭގައި (އެހެން އިދާރާއެއްގައި) މަސައްކަތްކުރައްވަމުންގެންދިޔަ ޑިރެކްޓަރ ޖެނަރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ކުރަންހުރި މަސައްކަތަށް ކުރިޔަށްގެންދަން ފެށިފައިވީ ނަމަވެސް ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން އެމް.ބީ.އެސް އަށް ފަންނީ ޑިރެކްޓާ ޖެނެރަލެއް ހަމަޖެއްސަންޖެހެއެވެ. އެހެންކަމުން މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މަގާމަށް ކުރިމަތިލާން ފުރިހަަމަ ވާންޖެހޭ ޝަރުތުތަކަކީ:

  1. މަގާމުގެ މަސްއޫލިއްޔަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ދިހައެއްގެ ސަނަދެއް ހާސިލްކޮށްފައިވުން
  2. 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. ނުވަތަ ލެވެލް ނުވައެއްގެ ސަނަދަކާއެކު އަށް އަހަރުގެ ތަޖުރިބާ ލިބިފައިވުން
  4. ތަޖުރިބާގެ މުއްދަތުގައި މަދުވެގެން ދެ އަހަރު ހިންގުމުގެ ދާއިރާގައި އުޅުން

މި މާގާމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އެޕްރިލްވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން އިމެއިލް މެދުވެރިކކޮށް އެޕްލިކޭޝަން ހުށައެޅުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެދިފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/