logo

މާލޭގައި އުފެއްދި ސިނގިރޭޓްތައް ނައްތާލަން ހުއްދަދީފި

ސައިފުﷲ އަލީ

16 މާރިޗު 2025 - 09:59
މާލޭގައި އުފެއްދި ސިނގިރޭޓްތައް ނައްތާލަން ހުއްދަދީފި

ފުލުހުން މާލޭގައި ހަރަކާތްތެރިވަނީ --- ފޮޓޯ: އަވަސް

SHARE

މާލޭގައި ސިނގިރޭޓް އުފައްދާ ގެ ބަލާ ފާސްކޮށް އަތުލައިގަތް 103 ކާޑުބޯޑް ފޮށިގަނޑުގެ ސިނގިރޭޓް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ފުލުހުންނަށް ދީފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ސިނގިރޭޓް އުފެއްދީ ކަރަންކާ މަގުގައި ހުންނަ ހ. ހުޅުގަލީގެ އެޕާޓްމަންޓެއްގައެވެ. ދުވަސްތަކެއް ވަންދެން އެތަނުގައި ކުރަމުން އައި އެ މަސައްކަތް ހުއްޓުވާލީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ވަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުން ފެނުނު ސިނގިރެޓާއި ދުންފަތުގެ ހުރިހާ ބާވަތްތަކެއް ނައްތާލުމުގެ ހުއްދަ ހެލްތު މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެތަކެތި އުފެއްދި ކުންފުނީގެ ވިޔަފާރި ހުއްދަ އިކޮނޮމިކް މިނިސްޓްރީން މިހާރު ބާތިލްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ އެޕާޓްމަންޓްގައި ސިނގިރޭޓް އުފެއްދީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

"އެހެންކަމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެތަކެތި ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެ،" އޮފިޝަލް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ރާއްޖޭގައި ދުންފަތުގެ ބާވަތްތައް އުފެއްދުމާއި އިޝްތިހާރު ކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.

އެ އެޕާޓްމަންޓްގައި ސިނގިރޭޓް އުފެއްދި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/