logo

ރާއްޖޭގެ ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން

މަރްޔަމް މާޙީ

މަރްޔަމް މާޙީ

4 ފެބްރުއަރީ 2025 - 07:20
ރާއްޖޭގެ ކެންސަރުގެ ދަފްތަރުގައި 1،600 އަށްވުރެ ގިނަ މީހުން

ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަން ބޭއްވި ހަވީރުގެ ތެރެއިން...

SHARE

މާލެ ސަރަޙައްދުން މިހާތަނަށް މި ދަފްތަރުގައި 1600 އަށްވުރެ ގިނަ މީހުން ދަފްތަރު ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2020ވަނަ އަހަރު ނެރުނު ތަފާސް ހިސާބުގައިވާ ގޮތުން ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ. އަދި ރާއްޖޭގައި އެކި ވައްތަރުގެ ކެންސަރު ފެންނަމުންދާ ކަމަށް ވެސް ބުންޏެވެ. އެގޮތުން ލޭގެ ކެންސަރާއި, ފުއްޕާމޭ, ލިވާ, ތައިރޮއިޑް ކެންސަރުގެ އިތުރުން ބްރެސްޓް ކެންސަރު ވެސް ހިމެނެއެވެ.

މި ބަޔާނުގައި ކެންސަރަށް މަގުފަހިވާ ކަންތައްތައް އެޗްޕީއޭ އިން ފާހަގަކޮށްފައިވެއެވެ. އެގޮތުން;

- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން

- ކެއިންބުއިމުގެ ނުރަނގަޅު އާދަތައް

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

- ދުފުން

- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން

- ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން

އެޗްޕީއޭގެ ބަޔާނުގައި ބުނީ ކެންސަރު ބަލީގެ ދުވަހުގެ ކެމްޕެއިން ބިނާކޮށްފައިވަނީ "އެފަދަ ދެވަނައެއް ނެތް ގުޅުން" ޝިއާރަުގެ މައްޗަށް ކަމަށެވެ. އަދި މި ދުވަސް ފާހަގަ ކުރަނީ ކެންސަރުގެ ބައްޔާމެދު މީހުން ހޭލުންތެރިކޮށް, މި ބަލިން ރައްތާތެރިވުމަށް ކުރެވިދާނެ ކަންކަމާމެދު މީހުން ހޭލުންތެރި ކުރަން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

/

މިދިޔަ އަަހަރު މާލެ ސަރަހައްދުން 1474 މީހަކު ކެންސަރު ދަފްތަރުގައި ރަޖިސްޓާ ކޮށްފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ރަށްރަށުގައި ތިބި ކެންސަރު ބަލި މީހުންގެ މަޢުލޫމާތު މިދަފްތަރުގައި ހިމެނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/