logo

ޑރ. ފައިސަލްގެ އާދޭސް: ޑެންގީ ހުމުގެ ކޭސްތައް އިތުރުވަނީ، މަދިރި ހެފިޔަ ނުދީ

ފާތިމަތު މިޝްކާ

3 ޖޫން 2025 - 23:32
ޑރ. ފައިސަލްގެ އާދޭސް: ޑެންގީ ހުމުގެ ކޭސްތައް އިތުރުވަނީ، މަދިރި ހެފިޔަ ނުދީ

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް --- ފޮޓޯ: ޕީއެސްއެމް

SHARE

ރާއްޖޭގައި ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލައި މަދިރިން ރައްކާތެރިވުމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޑރ. ފައިސަލް ވިދާޅުވީ ޑެންގީ ހުމުގެ ކޭސްތައް އިތުރުވަމުންދާއިރު، ކުޑަކުދިންނަށް މި ބަލި ޖެހުމުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ރާއްޖޭގައި މިވަގުތު ޑެންގީ ފެތުރެމުންދާ މިންވަރު އިތުރުވާތީ ޑރ. ފައިސަލް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. ރައްޔިތުންގެ ކިބައިން ޑޮކްޓަރު އާދޭސް ދަންނަވަނީ މަދިރި ހެފިޔަނުދީ މަދިރިން ރައްކާތެރިވުމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނައިން ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ ޖުމްލަ 60 ކޭސްއެވެ. ދެން އެންމެ ގިނައިން މި ބަލި ޖެހިގެން ރިޕޯޓްކޮށްފައި ވަނީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗް މަހު ފެނިފައި ވަނީ ޑެންގީގެ 73 ކޭސްއެވެ. އެކަމަކު މިދިޔަ އޭޕްރީލް މަހު 127 ކޭސް ވަނީ ފެނިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ. އެޗްޕީއޭ އިން ބުނީ މިއީ ކަންބޮޑުވާން ޖެހޭ އަދަދެއް ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑުގައި ރިއްސުމާއި، ލޭ އެތެރެއަށް އެޅުމާއި، ވަރުބަލިވުން ހިމެނެއެވެ. މި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

" ރެޕެލެންޓް ބޭނުން ކުރުމުގައި ޚާއްސަ މާއްދާތައް ހިމެނޭ ބާވަތްތައް ބޭނުންކުރުމަށް އިސްކަންދޭންވާނެ،" އެޗްޕީއޭ އިން ބުންޏެވެ.

ފަތިސް ގަޑީގަ އާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. ސަބަބަކީ އެއީ މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާތީއެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/