ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ބިދޭސީއަކު ފިލައިފި، އޭނާ ހޯދަން އެހީތެރިވެދެއްވާ!
ފާތިމަތު މިޝްކާ

ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ބިދޭސީ މީހާ
SHARE
ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައެއްޔެއް ޖެހިފައިވާ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދަން ފޮޓޯ އާއި ވަނަވަރު އާންމުކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ރާހުލް އަމީން ނަމަކަށް ކިޔާ މީހަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން މީހެކެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައެވެ.
"ނުކުތާ"އަށް އެނގިފައިވާގޮތުގައި އެ ބިދޭސީ މީހާއަށް އެ ބަލި ޖެހުނުކަން އެނގުނީ ވިސާ އާކުރުމަށް މެޑިކަލް ޓެސްޓް ހެދުމުންނެވެ.
އޭނާގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމަށް ކުންފުނިން ނިންމައި އޭނާ ފުރުވުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔުމަށް ވިލިމާލެ ފެރީއަށް އެރުމަށްފަހު އޭނާ ވަނީ ފިލާފައެވެ.
އެ ބިދޭސީ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 7478833 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފައެވެ.
.png&w=3840&q=75)
އެނގިފައިވާ ގޮތުގައި އޭނާއަށް ޖެހިފައި ވަނީ ޖިންސީ ގުޅުމުން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ރާއްޖެއަކީ ހަށިވިއްކުން ވެސް އާންމުވެފައިވާ ގައުމަކަށް ވާއިރު، އޭނާގެ ސަބަބުން އެ ބަލި ބައެއް މީހުންނަށް ފެތުރިފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އޭނާ ރާއްޖޭގައި އުޅޭނަމަ އޭނާގެ ފުށުން އެ ބަލި ގިނަ އަދަދެއްގެ ބަޔަކަށް ފެތުރިދާނެ ކަމުގެ ބިރުވެރިކަން ވެސް އެބައޮތެވެ.