logo

"އޯޕެން ވިޒާ" ގެ ނަމުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް: އިމިގްރޭޝަން

މަރްޔަމް މާޙީ

މަރްޔަމް މާޙީ

30 ސެޕްޓެމްބަރު 2025 - 08:01
"އޯޕެން ވިޒާ" ގެ ނަމުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް: އިމިގްރޭޝަން

SHARE

"އޯޕެން ވިޒާ" ގެ ނަމުގައި ރާއްޖޭގައި މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިމިގްރޭޝަނުން ބުނީ އޯޕެން ވީޒާ ގެ ނަމުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމަށެވެ. ނަމަވެސް, ބިދޭސީ މުވައްޒަފުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވީޒާ ދޫކޮށްފައިވާ ތަނުގައި, ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކރުުމަށް އެކަނި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

" އެންފޯސްމެންޓް އޮފަރޭޝަންތަކުގއި އެންމެ ފާހަގަ ކުރެވޭ ކަމަކީ ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް, ދޫކޮށްފައިވާ ވީޒާ, ނުވަތަ ހުއްދައިގެ ބޭރުން, ހުއްދަ ދޫކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތެއް ކުރަމުން ގެންދާ ކަމެވެ," އިމިގްރޭޝަނުން ބުނެފައވެއެވެ.

މިމަކަށް ސަމާލުވެ, ވަޒީފާދޭ ފަރާތްތަކުން ވެސް ބިދޭސީ މުވައްޒަފުން އެހެން ތަންތަަނަށް މަަސައްކަތް ކުރަން ނުފޮނުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/