logo

ނިދާތަނުގައި ކުރުނބާ ބަންދުކޮށް ފިހާރަތަކަށް ލާ ބަޔަކު އަތުލައިގެންފި

ސައިފުﷲ އަލީ

2 ޑިސެމްބަރު 2025 - 07:35
ނިދާތަނުގައި ކުރުނބާ ބަންދުކޮށް ފިހާރަތަކަށް ލާ ބަޔަކު އަތުލައިގެންފި

SHARE

ނިދާތަނުގައި ކުުރުނބާ ފަނި ބަންދުކޮށް, ފިހާރަތަކަށް ލާ ދެ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހައްޔަރުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ދެ އިދާރާއިން ގުޅިގެން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ ބިދޭސީން ދިރިއުޅެމުންދާ ތަނެއް އިއްޔެގެ ވަގުތެއްގައި ބަލައިފާސްކޮށް، ދެ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަމަށެވެ.

އެތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެެ. އަދި އެތަނަކީ ކުރުނބާ އާއި ކުރުނބާ ފަނި ފުޅި ތައްޔާރުކުރުމަށް ފަހު އެކި ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.

ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކުރާ އެތައް ތަނެއް މީގެ ކުރިން ވެސް ފުލުހުންނާއި އިމިގްރޭޝަނުން ވަނީ ބަންދުކޮށްފައެވެ.އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ޑީޕޯޓް ވެސް ކޮށްފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/