ވޯކް ވިސާގެ ގޮތުގައި މިއަދުން ފެށިގެން ބަލައިގަންނާނީ ހަމައެކަނި އީ-ވިސާ: އިމިގްރޭޝަން

މަރްޔަމް މާޙީ

ފޮޓޯ: އިމިގްރޭޝަން
SHARE
ވޯކް ވިސާގެ ގޮތުގައި މިއަދުން ފެށިގެން ބަލައިގަންނާނީ ހަމައެކަނި އީ-ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ 2025 ނޮވެންބަރު 23 އިން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ ވިސާ އަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.
"އެ ތާރީހަށްފަހު ޕާސްޕޯޓުގައިވާ ވޯކް ވިސާ އަކީ ވެލިޑް ވިސާ އެއް ކަމަށް ނުބެލެވޭނެ," އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ، އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށެވެ. އަދި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމާއި, ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް އެކަނި ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




