އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 500 އަށްވުރެ ގިނަ މީހުން

މަރްޔަމް މާޙީ

SHARE
މޯލްޑިވްސް އިމިގްރޭޝަންގެ ވޯކް އިން އިންޓަވިއުއަށް 500 އަށްވުރެ ގިނަ މީހުން ގޮސްފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މި ވޯކް އިން އިންޓަވިއު ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ވޯކް އިން އިންޓަވިއުއާ ގުޅިގެން އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ވިދާޅުވީ މި އިންޓަވިއު އަކީ އޮފިސަރު ޓްރޭނީގެ 70 ވަޒީފާއަށް މީހުން ނެގުމަށް ކުރިއަށްގެންދިޔަ އިންޓަވިއު އެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އިންޓަވިއު ފެށިތާ ދެތިން ގަޑިއިރު ތެރޭގައި 500އަށްވުރެ ގިނަ މީހުން އިންޓަވިއުގައި ބައިވެރިވުމަށް އައިސްފައިވާ ކަމަށެވެ. އަދި މި އިންޓަވިއު ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް އިމިގްރޭޝަން ކޮންޓްރޯލާ ސީޕީ (ރ) އަހްމަދު ފަސީހު އަދި ޑެޕިއުޓީ ކޮންޓްރޯލާ އަހްމަދު އަޝްފާން ވެސް ވަނީ ވަޑައިގަންނަވައިފައެވެ.
މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ މިއަހަރުގެ ކުރީކޮޅު ވޯކް އިން އިންޓަވިއު އެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންޓަވިއުގައި 900އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




