logo

ބިދޭސީން ނުގަަވައިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ހަލުއިކޮށް ނަތީޖާ ނެރޭނަން: ސަޢީދު

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

27 ނޮވެމްބަރު 2025 - 15:10
ބިދޭސީން ނުގަަވައިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ހަލުއިކޮށް ނަތީޖާ ނެރޭނަން: ސަޢީދު

މުހަައްމަދު ސަޢީގު މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް-- ފޮޓޯ:

SHARE

ބިދޭސީން ނުގަަވައިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ހަލުއިކޮށް ނަތީޖާ ނެރޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިފަދަ ވިޔަފާރިތައް ރިޕޯޓު ކުރެވޭ އިންތިޒާމެއް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި މިފަދަ އިންތިޒާމެއް ހަމަޖެހުމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޒަމާންވީ މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނޭ ކަމެކެވެ. އަދި ކުރިއަށް އޮތް ހަފްތާއިން ފެށިގެން މި މަސައްކަތް ހަލުއިކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ، އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ," ސަޢީދު ވިދާޅުވިއެވެ.

View post on Twitter
https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މީގެ އިތުރުން ސައީދު ވިދާޅުވީ, މި މަސައްކަތްތައް ކުރާނީ ތަންފީޒީ އިދާރާތަކާއި ހޯމް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކަމަށެވެ.

"ފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން. ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށް، އަދި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން," މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ސައީދު ވިދާޅުވީ ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލު ގެނަސްދީ ދިވެހީންގެ ވިޔަފާރިތައް ބާރުވެރި ކުރުވައި ދިވެހީންގެ ތިޔާގިކަމަށް އިސްކަން ދޭނެ ކަމަށެވެ.

/

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/